މޮޔައަކަށް ޖަވާބު ދިނުމަށްވުރެ ހަނު ހުންނަން މާހެޔޮކަންބޮޑު: ޙަދީޘް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
މޮޔައަކަށް ޖަވާބު ދިނުމަށްވުރެ ހަނު ހުންނަން މާހެޔޮކަންބޮޑު: ޙަދީޘް
"މޮޔައަކު އެއްޗެކޭ ބުނެފިނަމަ އޭނާއަށް ތިބާ ޖަވާބު ނުދޭށެވެ. ފަހެ އޭނާއަށް ޖަވާބު ދިނުމަށްވުރެ ހަނު ހުންނަން މާހެޔޮކަންބޮޑެވެ." މިއީ އަލްއިމާމް ޝާފީ ރަޙިމަހުﷲ ވިދާޅުވެފައިވާ ބަސްފުޅެއް ކަމަށް ބުނެ ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިން ކުރައްވަވާފައިވާ ޓްވީޓެކެވެ.

ޝައިޚް އިލްޔާސް މިފަދަ ބަސްފުޅެއް ވިދާޅުވެފައި މިވަނީ އިސްލާމް ދީނުގެ ކަންކަމުގައި ހުރި ޞައްޙަ މައުލޫމާތު، ޞައްޙަ ގޮތް ބަޔާންކުރައްވައި ޙައްޤު ބަސް ވިދާޅުވާ ޢިލްމުވެރިންނަށް އަމާޒުކޮށް ބައެއް މީހުން ތަފާތު ބަސްތައް ބުނަމުން ގެންދާ ވަގުތެއްގައެވެ.

ހަމައެއާއިއެކު މުންކަރާތްތައް ނަހީކުރުމަށް މަސައްކަތްކޮށް ރާއްޖެއިން މުންކަރާތްތައް ފޮހެލުމަށް ކުރާ މަސައްކަތްތަކަށްވެސް ފައުޅުގައި އަދާވާތްތެރިވެ ފާޑު ކިޔައި ފުރައްސާރަކުރަމުން ގެންދާ ވަގުތެއްގައެވެ. މިގޮތުން ރާއްޖޭގެ ރިޒޯޓެއްގައި ބޮޑެތި ބުދުތައް ބެހެއްޓުމުން އެކަމާއި ދެކޮޅަށް ޙައްޤު ބަސް ބުނާ ފަރާތްތަކަށް ކުރަމުން ގެންދާ ފުރައްސާރަ ފާހަގަކުރެވެއެވެ.


މިއަދު އޮންލައިން