ހުކުމް ތަންފީޒުކޮށް ނިމުމަށްފަހު ހާމިދުސޭޓު މިނިވަން ވެއްޖެ

ކިޔުމަށް ހޭދަވާނީ 55ސ
ހުކުމް ތަންފީޒުކޮށް ނިމުމަށްފަހު ހާމިދުސޭޓު މިނިވަން ވެއްޖެ
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ޚިޔާނާތާއި ގުޅިގެން ޖަލަށްލި މަޝްހޫރު ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލް (ހާމިދު ސޭޓު) ގެ ޖަލު ހުކުމް ތަންފީޒުކޮށް ނިމުމުން މިއަދު މިނިވަން ވެއްޖެއެވެ.

ހާމިދު ސޭޓަށް ދެ އަހަރާއި ނުވަ މަހުގެ ޖަލު ހުކުމެއް އައިސްފައިވަނީ 2016 ވަނަ އަހަރުއެވެ. ކްރިމިނަލް ކޯޓުން ކުރި އެހުކުމުގައި ބުނެފައިވަނީ ޅ. މާބިންހުރާ ކުއްޔަށް ދޫކުރުމުން ދައުލަތަށް ލިބެންޖެހޭ ފަސް މިލިއަން ޑޮލަރަށް ހާމިދު ސޭޓު ޚިޔާނާތްތެރިވެފައިވާ ކަމަށެވެ.

މިމައްސަލައިގައި ހާމިދުސޭޓުގެ މައްޗަށް ދެ އަހަރާއި ދުވަސްތަކެއްގެ ޖަލު ހުކުމެއް އައިސްފައިވީ ނަމަވެސް، ހަމަ އެމައްސަލައިގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެއިރުގެ އެމްއެމްޕީއާރްސީ ގެ މެނޭޖިން ޑިރެކްޓަރ ޢަބްދުﷲ ޒިޔަތުގެ މައްޗަށް އައިސްފައިވަނީ އަށް އަހަރުގެ ޖަލު ހުކުމެކެވެ.

ހުކުމް ތަންފީޒު ކުރުމަށްފަހު ހާމިދު ސޭޓު މިއަދު މިނިވަން ވެފައިވާކަން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގެ ތަރުޖަމާނު ވެސް ވަނީ ޔަގީން ކޮށްދެއްވާފައެވެ.
މިއަދު އޮންލައިން