އިތުރަށް ލޯނު ނެގުން ހުއްޓާލަން އިބޫ ގޮވާލައްވައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 3ސ
އިތުރަށް ލޯނު ނެގުން ހުއްޓާލަން އިބޫ ގޮވާލައްވައިފި
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިތުރަށް ލޯނު ނެގުން ހުއްޓާލަން އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގޮވާލައްވައިފި އެވެ.

އިބޫ މިހެންވިދާޅުވީ ރ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ކެމްޕެއިން ދަތުރުގައި ރ. އިންނަމާދޫ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

އިބޫ ވިދާޅުވީ ދައުލަތް ވަނީ ރައްޔިތުންގެ ނަމުގައި ދަރައި ނިމިފައިވާ ކަމަށާއި ރައީސް ޔާމީނަށް އިތުރު ފުރުސަތެއް ދޭން ރައްޔިތުން ބޭނުން ނުވާ ކަމަށެވެ. އަދި ދައުލަތަށް ލިބޭ ކޮންމެ ރުފިޔާއަކުން 75 ލާރި ދައްކަން ޖެހެނީ ދަރަނި އަދާ ކުރުމަށް ކަމަށް ވެސް އިބޫ ވިދާޅުވި އެވެ. އެހެންކަމުން ނަގަމުން އަންނަ ލޯންތަކާއި ސޮވެރިން ގެރެންޓީ ދިނުން މި ވަގުތަށް ހުއްޓާލަން އިބޫ ވަނީ ގޮވާލައްވާފައެވެ.

އިބޫ ވިދާޅުވި ގޮތުގައި، އިތުރަށް ލޯން ނަގާ ނަމަ އެ ލޯންތައް ނެންގެވުމުގެ ޒިންމާ ރައީސް ޔާމީން ނަންގަވަން ޖެހިވަޑައިގަންނަވާނެ ކަމަށް އިބޫ ވިދާޅުވި އެވެ.

ރާއްޖެ ތަރައްގީ ކުރުމުގެ ނަމުގައި، އިތުރު ހިދުމަތްތައް ދިނުމުގެ ނަމުގައި ބޮޑެތި ލޯންތައް ނަގައި އިތުރަށް ދަރަނިވެރި ކުރުވުމަކީ ރައްޔިތުން އެދޭ ކަމެއް ނޫންކަމަށްވެސް އިބޫ ވިދާޅުވިއެވެ.


މިއަދު އޮންލައިން