ކޯލިޝަންގެ ސައިކަލު ބުރަށް ކުޅުދުއްފުށިން ބޮޑު ތަރުހީބެއް ލިބިއްޖެ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 43ސ
ކޯލިޝަންގެ ސައިކަލު ބުރަށް ކުޅުދުއްފުށިން ބޮޑު ތަރުހީބެއް ލިބިއްޖެ
ކުޅުދުއްފުށީގައި ކޯލިޝަނުން ބޭއްވި ސައިކަލު ބުރަށް ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ.

އިއްޔެ ހަވީރު ކުޅުދުއްފުށީގެ ބޮޑެތި މަގުތަކުގައި ކުރިއަށްދިޔަ މި ސައިކަލު ބުރުގައި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވި އެވެ.

ކުޅުދުއްފުށީގެ އެމްޑީޕީ ކެމްޕެއިން މެނޭޖަރު އަހުމަދު އާތިފް ވިދާޅުވީ ވާމްއަޕް ސައިކަލު ބުރަތަކަށް ވާތީ އެހާ ގިނަ ބަޔަކު ބައިވެރިވާނެކަމަކަށް ހިޔެއް ނުކުރަން ކަމަށާއި ނަމަވެސް އުންމީދު ކުރި ވަރަށް ވުރެ ގިނަ ރައްޔިތުން ބައިވެރިވީމަ އިތުރު ހިތްވަރެއް ލިބިގެންގޮސްފި ކަމަށް އާތިފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިއީ އަދި ސައިކަލު ބުރެ ކަމަށާއި ކުރިއަށް ވެހިކަލު ބުރުތައް ރޭވިފައިވާ ކަމަށެވެ. އަދި މިއަދު ހަވީރު ގުޅިފައިވާ ޕާޓީތަކުގެ ފަރާތުން ބަނޑާރަމައިދާނުގައި ކުޑަކުދިންގެ ހަވީރެއް އޮންނާނެ ކަމަށެވެ. ކުޑަކުދިންގެ ހަވީރު އެއްވެސް ވަރަކަށް ސިޔާސީއެއް ނުވާނެ ކަމަށް އާތިފް ވިދާޅުވި އެވެ.

މައުލޫމާތު: ކޭއޯ
މިއަދު އޮންލައިން