ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާ ފަދަ އެއްވެސް ކަމަކަށް ޖާގަ ނުދެއްވާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެ އެވެ.
ރ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ކެމްޕެއިން ދަތުރުގައި ރ. އިންނަމާދޫ ރައްޔިތުންނާ ބައްދަލު ކުރައްވައި އިބޫ މިއަދު ވިދާޅުވީ އަންނަ މަހުގެ 23 ގައި އޮންނަ ރިޔާސީ އިންތިޚާބު މިނިވަންކަމާ އެކު ބޭއްވުމަށް ބޭރުގެ ފަރާތްތަކުން މަސައްކަތް ކުރަން ވާނީ ބައިނަލްއަގުވާމީ ހަމަތަކާއި އުސޫލުތަކުގެ ތެރެއިން ކަމަށާއި ބޭރުގެ ފަރާތްތަކުން މިކަމުގައި މަސައްކަތް ކުރަންވާނީ ބައިނަލްއަގުވާމީ ހަމަތަކާއި އުސޫލުތަކުގެ ތެރެއިންނާއި ރާއްޖެއާ އެކު ވެފައިވާ އެއްބަސްވުންތަކުގެ ތެރެއިން ކަމަށެވެ.
އިބޫ ވިދާާޅުވީ ރާއްޖޭގެ ހާރިޖީ އަދި ދާހިލީ ސިޔާސަތު ގެއްލޭނެ ކުޑަ ވެސް ފުރުސަތެއް ނުދެއްވާނެ ކަމަށާއި އިދިކޮޅު ވެރިކަމެއްގައި ދޫނުކޮށްލާނެ ދެ ކަމަކީ އިސްލާމް ދީނާއި ރާއްޖޭގެ މިނިވަންކަމެވެ.
އިބޫ މިހެން ވިދާޅުވީ، ރިޔާސީ އިންތިޚާބު އޮޅުވާލައިފި ނަމަ، ރާއްޖެ ހިފަން ޖެހޭނެ ކަމަށް އެ ގައުމުގެ ރައްޔިތުންގެ މަޖިލިހުގެ މެމްބަރު ސުބްރަމާނިއަން ސުވާމީ ވިދާޅުވެފައިވަނިކޮށެވެ.