ބަންގީގެ އަޑު ގަދަކަމުން އުނދަގޫވާކަމަށް ބުނުމަކީ އިސްލާމް ދީނަށް ފުރައްސާރަކުރުން ކަމަށް ކަނޑައަޅާ 18 މަހަށް ޖަލަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 43ސ
ބަންގީގެ އަޑު ގަދަކަމުން އުނދަގޫވާކަމަށް ބުނުމަކީ އިސްލާމް ދީނަށް ފުރައްސާރަކުރުން ކަމަށް ކަނޑައަޅާ 18 މަހަށް ޖަލަށް!
ބަންގީގެ އަޑު ގަދަކަމުން އުނދަގޫވާކަމަށް ބުނުމަކީ އިސްލާމް ދީނަށް ފުރައްސާރަކުރުން ކަމަށް ކަނޑައަޅައި 18 މަހަށް ޖަލަށް ލުމަށް ޙުކުމްކޮށްފިއެވެ.

2016 ވަނަ އަހަރު ކުރިމަތިވި މި މައްސަލައާއި ގުޅިގެން އިންޑޮނޭސިއާގެ މެދަން ސިޓީގެ ކޯޓުން ޙުކުމް އިއްވާފައިވަނީ އުމުރުން 44 އަހަރުގެ ޗައިނާ ދަރިކޮޅުގެ ބުދިސްޓެއް ކަމަށްވާ މެއިލިއާނާ ކިޔާ އަންހެނަކަށެވެ.

ކޯޓުން ބުނީ އޭނާ ކުރި ޝަކުވާ އާއި ގުޅިގެން މުސްލިމުން ރުޅިގަދަވެ ބުދިސްޓުންގެ ފައްޅިތަކަށް ގެއްލުން ދިން ކަމަށާއި އެކަންކަން ހިނގަން މެދުވެރިވި ސަބަބަކީ މެއިލިއާނާ ދެއްކި ވާހަކަތައް ކަމަށެވެ.

އިންޑޮނޭސިއާއަކީ އާބާދީގައި 220 މިލިއަން މުސްލިމުން ތިބި، މުސްލިމުންގެ އަދަދު އެންމެ ގިނަ ޤައުމެވެ.

މެއިލިއާނާގެ ވަކީލު ބުނީ ކޯޓުން ވަނީ ޚިޔާލު ފައުޅުކުރުމުގެ މިނިވަންކަމަށް އަރައިގެންފައިވާ ކަމަށާއި މައްސަލަ އެމްނެސްޓީއަށް ހުށަހަޅާނެ ކަމަށެވެ.
މިއަދު އޮންލައިން