ރިޔާސީ އިންތިޚާބުގައި 13 ތަނެއްގައި ވޯޓު ފޮށި ނުބަހައްޓަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.
ވޯޓު ފޮށި ނުބަހައްޓަން ނިންމާފައި ވަނީ ނުވަ ރިސޯޓަކާއި ސިނާއީ މަސައްކަތް ކުރާ އެއް ސަރަހައްދެއްގައި އާއި އެއާޕޯޓަކާއި ގައުމުން ބޭރުގެ ދެ ސަރަހައްދެއްގަ އެވެ.
ވޯޓު ފޮށި ނުބަހައްޓަން ނިންމި ނުވަ ރިސޯޓަކީ އަދާރަން ސިލެކްޓް ހުދުރަންފުށި، ވައްކަރު މޯލްޑިވްސް، އަމިއްލަފުށި އެންޑް ކޯސްޓްލައިން ރެސިޑެންސް، އެޓްމޮސްފިއާ ކަނިފުށި މޯލްޑިވްސް، ކޮކޫން މޯލްޑިވްސް، ކޮންސްޓަންސް ހަލަވެލި ރިސޯޓް، އަމާރި ހަވޮއްޑާ މޯލްޑިވްސް، ކަނުހުރާ އަދި ރޮބިންސަން ކްލަބް އެވެ.
ވޯޓު ފޮށި ނުބަހައްޓަން ނިންމި ސިނާއީ މަސައްކަތް ކުރާ ސަރަހައްދުތަކަކީ ފެލިވަރު އަދި ކައްދޫ އެއާޕޯޓެވެ. މީގެ އިތުރުން ވޯޓު ފޮށި ނުބަހައްޓަން ނިންމި ރާއްޖެއިން ބޭރުގެ ސަރަހައްދުތަކަކީ ސިންގަޕޫރާއި ނިއު ދިއްލީ އދި އިންޑިއާއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ މިތަންތަނުގައި ވޯޓު ފޮށި ނުބަހައްޓަން ނިންމީ ވޯޓު ފޮށި ބެހެއްޓޭ މިންވަރަށް ރީ ރަޖިސްޓްރީ ވާން ހުށަހަޅާފައި ނުވާތީ ކަމަށެވެ.