ގާސިމް އިބްރާހިމް އިސްލާހަށްޓަކައި ކުރައްވާ މަސައްކަތްތަކުގަ ހަގީގީ ކުލަޖެހެން ވަރަށް ގާތްވެއްޖެ: އައިޝާ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 15ސ
ގާސިމް އިބްރާހިމް އިސްލާހަށްޓަކައި ކުރައްވާ މަސައްކަތްތަކުގަ ހަގީގީ ކުލަޖެހެން ވަރަށް ގާތްވެއްޖެ: އައިޝާ
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އިސްލާހަށްޓަކައި ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ހަގީގީ ކުލަޖެހެން ވަރަށް ގާތްވެއްޖެ ކަމަށް އެމަނިކުފާނުގެ އަނބިކަނބަލުން އަދި ޖޭޕީގެ ކައުންސިލް މެންބަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.

އައިޝާ މިހެން ވިދާޅުވީ އެކަމަނާ ފ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ބިލަތްދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ މުހާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.

ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ކުރައްވާ އިސްލާހީ މަސައްކަތްތައް ކާމިޔާބުވުމުގެ ވަގުތު ކުޑަތަންވަމުން އަންނަ މަންޒަރު ބިލަތްދޫން ފެނިގެންދިޔަ ކަމަށާއި، އިރާދަކުރެއްވިއްޔާ 23 ސެޕްޓެމްބަރުގައި ރައްޔިތުންގެ ވޯޓުން މިވެރިކަން ބަދަލުކުރާނެ ކަމަށެވެ.

އައިޝާ ވިދާޅުވީ މިހާތަނަށް ދެވުނު ރަށްރަށުން ބިލަތްދޫއިން ފެނިގެންދިޔައީ އާދަޔާހިލާފު ތަރުހީބެއް ކަމަށާއި އެރަށުން ފެނިގެންދިޔައީ އަނިޔާއާއި ދެކޮޅަށް ވަޒީފާގެ ބިރެއްނެތި ހައްގުބަސް ބުނަން ކެރިގެން ތިބި ރައްޔިތެއް ކަމަށެވެ.

އަނިޔާއަށް ނޫނެކޭ ބުނެ އިއްތިހާދުގެ ކެންޑިޑޭޓް އިބްރާހިމް މުހަައްމަދު ސާލިހަށް ވޯޓްދެއްވުމަށް އަައިޝަތު ނަހުލާ ވަނީ ވިދާޅުވެފައެވެ.

މިއަދު އޮންލައިން