ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 26ސ
ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލައިފި
މާރާމާރީއެއް ހިންގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލައިފި އެވެ.

މާލޭގައި މިރޭ މި ހާދިސާ ހިނގާފައި ވަނީ އިސްކަންދަރު ސްކޫލު ކުރިމަތީގައި ހުންނަ ދީދީ ގޯޅި ތެރޭގައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިހާދިސާ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިރޭ 21:25 ގައި ކަމަށެވެ. މިހަމަލާގައި ޒަހަމްވި މީހާއަށް ވަނީ ސީރިއަސް އަނިޔާތަކެއް ވެފަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މީގެ ކުރިންވެސް ދީދީ ގޯޅީގައި މާރާމާރީތަކެއް ހިނގައި ވަޅިން ހަމަލާ ދީ މީހަކުވަނީމަރުވެފައެވެ.




މިއަދު އޮންލައިން