މިކަމާއި ގުޅިގެން އައްޝައިޚް މުހައްމަދު އަނީލް މިރޭ ވިދާޅުވީ އައްޝައިޚް އިލްޔާސް ޙުސައިންގެ ހުކުރު ކުރެއްވުމުގެ ހުއްދަ އާއި ދީނީ ނަޞޭޙަތް ދެއްވުމުގެ ހުއްދަ ބާޠިލްކުރީ ހުކުރު ޚުޠުބާގައި ހަދީޘެއް ވިދާޅުވެގެން ކަމަށެވެ. އެ ޚުޠުބާގައި ސިޔާސީ އެއްވެސް ވާހަކަފުޅެއް ނުދައްކަވާ ކަމަށާއި ފިޔަވަޅު އެޅި މީހުންނަށް ޚުޠުބާ އަޑު ނުއިވުނު ނަމަވެސް ޚުޠުބާ އަޑުއެއްސެވިން ކަމަށެވެ.
"މިސަރުކާރުން ޢިލްމުވެރިންނަށް އެއްވެސް އަނިޔާއެއް ނުކުރާ ކަމަށް ފަތުރަމުންދާ ވާހަކަތަކަކީ ކިހާވަރެއްގެ ތެދު ހަޤީޤަތެއްތޯ ރައްޔިތުން ފައިޞަލާ ކުރައްވާ. ހުކުރު ޚުޠުބާއެއް ކިޔައިގެން އިސްލާމިކް މިނިސްޓްރީން އަޅުގަނޑަށް ލިބުނު ސިޓީ."
MI Sarukarun ilmuverinna evves aniyaeh nukuraakamah fathuramundha vahakathakakee kihavaregge thedhu hageegathethoa rayyithun faisalakuravva
— Ilyas Hussain (@ilyaasipa) August 25, 2018
Hukuru khuthuba kiyaigen islamic ministry in alhugandah libunu sity pic.twitter.com/Rj6f16jQjc