ރާއްޖެ ހިފުމުގެ ވިސްނުމެއް އިންޑިއާއަކު ނެތް- ސުބްރަމާނިއަމް ސްވާމީ ދެއްކީ އޭނާގެ އަމިއްލަ ވާހަކަ: އިންޑިއާ
ރާއްޖެ ހިފުމުގެ ވިސްނުމެއް އިންޑިއާ ސަރުކާރުގައި ނެތް ކަމަށާއި ސުބްރަމާނިއަމް ސްވާމީ ދެއްކީ އޭނާގެ އަމިއްލަ ވާހަކަތަކެއް ކަމަށް އިންޑިއާގެ ޚާރިޖިއްޔާގެ ތަރުޖަމާނު ބުނެފިއެވެ.
އެހެން ޤައުމުތަކުގެ އަސްކަރީ ފައުޖުތައް ފޮނުވައިގެން ޤައުމުތައް ހިފުމަކީ މިހާރަކަށް އައިސް ކުރަމުން ގެންދާ ކަމެއް ނޫނެވެ. އެންމެ ފަހުން އެފަދަ ކަމެއް ކުރީ އިރާޤް ހިފުމަށް އެމެރިކާ އިސްވެއޮވެއެވެ.
ވޯޓުގައި މަކަރު ހަދާ ޑިކްޓޭޓެރުންގެ ކިބައިން ޤައުމު ިނިވަން ކުރުމަށް ރައްޔިތުން ކުރާ މަސައްކަތްތަކަށް އެހެން ޤައުމުތަކުން އެހީތެރިވެދިނުމަކީ މިހާރުވެސް ކުރަމުން އަންނަ ކަމެކެވެ.
ރާއްޖެއަށް ބަަލައިފިނަމަ ވޯޓުލުމުގެ ކުރިން މިހާރުވެސް އިލެކްޝަންސް ކޮމިޝަނުން ގެންދަނީ ވޯޓުގެ ނަތީޖާ ރައީސް ޔާމީނަށް ބުރަވާނެ ގޮތަށް ގިނަ ކަންތައްތަކެއް ކުރަމުންނެވެ. އެހެންކަމުން ރާއްޖޭގައި ޤާނޫނު އަސާސީ ބުނާފަދަ މިނިވަން އިންޞާފުވެރި އިންތިޚާބެއް ނުބޭއްވޭނެކަމުގެ ހެކިތައް މިހާރުވެސް ދަނީ ފެންނަމުންނެވެ.