މަސްވެރިކަން ކުރަން އުޅުނު ދޯންޏެއްގައި ހުރި މީހަކު ހާލު ބޮޑުވެގެން ލ.ގަމަށް ގެންގޮސްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 38ސ
މަސްވެރިކަން ކުރަން އުޅުނު ދޯންޏެއްގައި ހުރި މީހަކު ހާލު ބޮޑުވެގެން  ލ.ގަމަށް ގެންގޮސްފި
ލ.އަތޮޅާއި 8 މޭލު ބޭރުގައި މަސްވެރިކަން ކުރަން އުޅުނު "ވިލުރޯދި" ދޯނީގައި ހުރި މީހަކު ހާލު ބޮޑުވެގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ އެހީތެރިކަމާއެކު ލ.ގަމަށް ގެންގޮސްފިއެވެ.

މިއަދު ހެނދުނު 10:45 ހާއިރު ލ.ގަމު ރީޖަނަލް ހޮސްޕޮޓަލަށް ގެންގޮސްދީފައި ވަނީ އުމުރުން 38 އަހަރުގެ ދިވެއްސެކެވެ.

މި ހާދިސާ ހިނގާފައި ވަނީ މަސްވެރިކަމަށް ނުކުމެ އެންދަމަން އުޅުމުގެ ތެރޭގައި ފިޓު ޖެހިގެން ކަމަށް ށެެވެ.

މި ހާދިސާގައި ހާލު ބޮޑުވި މީހާ، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ އެހީތެރިކަމާއެކު ލ.ގަމު ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ވަނީ، އިތުރު ފަރުވާ ދޭން ފަށާފައެވެ
މިއަދު އޮންލައިން