ވެރިކަން ލިބުމަކީ ޤައުމަށް ލިބޭ އާމްދަނީ ޖީބުތަކަށް އަޅައި ޖީބުތައް ފުރަން ލިބޭ ފުރުޞަތެއް ނޫން: ފައިޞަލް ނަސީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 56ސ
ވެރިކަން ލިބުމަކީ ޤައުމަށް ލިބޭ އާމްދަނީ ޖީބުތަކަށް އަޅައި ޖީބުތައް ފުރަން ލިބޭ ފުރުޞަތެއް ނޫން: ފައިޞަލް ނަސީމް

ވެރިކަން ކުރަން ލިބުމަކީ ޤައުމަށް ލިބޭ އާމްދަނީ ވަކިވަކި ފަރުދުންގެ ޖީބުތަކަށް އަޅައި އެމީހުންގެ ޖީބުތައް ފުރަން ލިބޭ ފުރުޞަތެއް ނޫން ކަމަށް ރަނިންމޭޓް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ށ. ކަނޑިތީމުގައި ވާހަކަފުޅު ދައްކަވަމުން ފައިޞަލް ވިދާޅުވީ ރައްޔިތުންނަށް ބޭނުންވާ ކުރިއެރުން ނުލިބި ލަސްވަމުން މިދަނީ ވެރިކަން ލިބުމުން ވަކި ބައެއްގެ އަމިއްލަ ޖީބުތައް ފުރަމުން ގެންދާތީ ކަމަށެވެ. ރައްޔިތުންގެ ސަމާލުކަން ހޯދަން 25 ބުރީގެ އިމާރާތެއް އަޅާއިރު 3 އިމާރާތް އެޅޭނެ އަގުގައި އެޅުމަކީ ފައުޅުގައި ހިންގަމުން ގެންދާ މާލީ ޖަރީމާއެއް ކަމަށެވެ.

ފައިޞަލް ވިދާޅުވީ ކޯލިޝަނުގެ ވެރިކަމުގައި ތަރައްޤީގެ ދުވެލި 3 ގުނައަށް ބާރުކުރާނެ ކަމަށް ވިދާޅުވަމުން މިގެންދަވަނީ ކޯލިޝަނުގެ ވެރިކަމުގައި މަޝްރޫއުތައް ހިންގާނީ ހަމައަގުގައި ކަމަށްވާތީ ކަމަށެވެ. "އެއިރުން 25 ބުރީގެ އިމާރާތް އަލަން މިސަރުކާރުން ކުރާ ހޭދައަށް 25 ބުރީގެ 3 އިމާރާތް އެޅޭނެ. ޢުމްރާނީ ތަރައްޤީގެ މަޝްރޫއުތައްވެސް ހަމަ 3 ގުނައަށް އިތުރުކުރެވޭނެ."
ފައިޞަލް ވިދާޅުވީ ކޯލިޝަނުގެ ސަރުކާރެއްގައި އެއްވެސް މީހެއްގެ ޖީބަށް ރައްޔިތުންގެ އެންމެ ރުފިޔާއެއް ވެސް ނުލެވޭނެ ކަމަށެވެ. ހުރިހާ ފައިސާއެއްވެސް ޚަރަދުކުރާނީ ރައްޔިތުންނަށް ކަމަށެވެ.
މިއަދު އޮންލައިން