އޭސީސީ އާ އޭޖީގަ ހުރި ކޮރަޕްޝަނާ ބެހޭ މައުލޫމާތު ހާމަކުރަން އިބޫ ގޮވާލައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 53ސ
އޭސީސީ އާ އޭޖީގަ ހުރި ކޮރަޕްޝަނާ ބެހޭ މައުލޫމާތު ހާމަކުރަން އިބޫ ގޮވާލައްވައިފި
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އެޓަރނީ ޖެނެރަލް (އޭޖީ) އޮފީހުގައި ހުރި ކޮރަޕްޝަނާއި ބެހޭ މައުލޫމާތުތައް ރައްޔިތުންނަށް ހާމަކުރަން ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ) ގޮވާލައްވައިފިއެވެ.

މިއަދު ކުރިއަށް ގެންދިއަ އެމްޑީޕީގެ 165 ވަނަ ޤައުމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ މިސަރުކާރުން ހިންގާފައިވާ ކޮރަޕްޝަންތަކާއި ބެހޭ ވަރަށް ގިނަ ަމއުލޫމާތު އޭސީގައި އެބަހުރިކަމަށެވެ. އަދި ވަރަށް ގިނަ ަމއުލޫމާތު އޭޖީ އޮފީހުގައި ހުންނާނެ ކަމަށެވެ.

އިބޫ ވިދާޅުވީ މި މައުލޫމާތުތައް ހާމަކުރަން މިހާރުން މިހާރަށްވެސް ޖެހޭނެ ކަމަށާއި ހިފަހައްޓައިގެން ތިބުމަކީ ހިންގަމުން ގެންދާ ވަރަށް ބޮޑު ޖަރީމާއެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން ރައްޔިތުންގެ ހައްޤުތަކަށް ވަނީ ވަރަށް ބޮޑަށް ގެއްލުންތައް ލިބިފައި ކަމަށެވެ.

ކޯލިޝަނުގެ ސަރުކާރެއްގައި ފުރަތަމަ ދުވަހުން ފެށިގެން މިފަދަ ހުރިހާ މައްސަލަތަކެއް ބައްލަވައި ފިޔަވަޅު އަޅުއްވައި ރައްޔިތުންގެ ފައިސާ އަނބުރާ ހޯއްދަވާނެކަމަށް ވިދާޅުވަމުން ގެންދަވާ ގެންދެވުން މިއަދުވެސް ވަނީ ތަކުރާރު ކުރައްވައިފައެވެ.
މިއަދު އޮންލައިން