އައިޝަތު ނަހުލާ ވިދާޅުވީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ)ގެ ވެރިކަމެއްގައި، އިން ޝާ ﷲ، މިމަގަށް ކަންކަން ގެންދިއުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ. ޢައިޝާ މިމޭރުމުން ވިދާޅުވެފައިވާއިރު މިމަހުގެ 19 ވަނަ ދުވަހުން ފެށިގެން ޢާއިލާއަށް ގެއްލިފައިވާ އުމުރުން 15 އަހަރުގެ ނަޝްފާ ޙަސަން ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ނަޝްފާ ގެއްލިފައިވަނީ އޭނާއަށް 3 އަންހެން ކުދިން އަނިޔާކުރާ ވީޑިއޯއެއް ޢާންމުކުރި ފަހުން ކަމަށް ބެލެވެއެވެ. އެވީޑިއޯގައި 3 ކުއްޖަކު ނަޝްފާއަށް އަނިޔާކުރާ މަންޒަރު ފެންނަކަން ފުލުހުންވެސް ވަނީ ބަޔާންކޮށްފައެވެ. ނަމަވެސް މިއަދާއި ހަމައަށް ވެސް އެ 3 ކުދިންނާއިބެހޭ އެއްވެސް މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
"ގަނާކުރުމުގެ މައްސަލަތައް ޙައްލުކުރެވޭނީ އަދަބު ދިނުމުގެ ކުރިން "ރޫޓް ކޯސް" (އެކަން ހިނގަން މަދުވެރި ސަބަބު، ފަހަތުގައި ފޮރުވިފައިވާ ސަބަބުތައް) ދެނެ ގަތުމަށް ދިރާސާކޮށް ޤައުމީ ސިޔާސަތެއް އެކުލަވާލައިގެން. އިބޫ ޞާލިޙްގެ ވެރިކަމެއްގަ، އިން ޝާ ﷲ، މިމަގަށް ކަންކަން ގެންދިއުމަށް އަޅުގަނޑު މަސައްކަތްކުރާނަން"
ޚަބަރާއި ގުޅުންހުރި ފުލުހުންގެ ޚަބަރުގެ ލިންކް:
http://www.policelife.mv/page/136606
Ganā kurumuge massalathah hallu kureveynē adhabu dhinumuge kurin "root cause" dhenegathumah dhirasākoh qaumē siyāsatheh ekulavālevigen. @IbuSolih ge verikamehga InshaAllah mi magah kankan gendhiyumah alhugandu masaiykaiy kurānan. #IbuFaisail2018 #jazeeraaraaje pic.twitter.com/Nq675IFirw
— Aishath Nahula (@aishath_nahula) August 24, 2018