އުފެއްދުންތެރިކަމަށް ހަމަ އަގު ލިބުމުގެ މުހިންމުކަން ހާމަކުރަން ޕޯޑިއަމަށް ކަރައެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 6ސ
އުފެއްދުންތެރިކަމަށް ހަމަ އަގު ލިބުމުގެ މުހިންމުކަން ހާމަކުރަން ޕޯޑިއަމަށް ކަރައެއް!
އުފެއްދުންތެރިކަމަށް ހަމަ އަގު ލިބުމުގެ މުހިންމުކަން ހާމަކޮށް އެކަން ވެރިކަމުގެ ސަމާލުކަމަށް ގެނައުމުގެ ގޮތުން ޕޯޑިއަމްގައި ކަރައެއް ބާއްވައިފިއެވެ. ކަރާ ބޭއްވީ ދަނޑުވެރިކަމުގެ ގޮތުން ކުރިއަރާފައިވާ ރަށެއް ކަމަށްވާ ގޮއިދޫގައެވެ.

ގޮއިދޫ ދަނޑުވެރިންނަށް އިޖާބަ ދެއްވައި ޕޯޑިއަމް ކައިރީގައި ހުންނަވައި ރަނިންމޭޓް ފައިޞަލް ނަސީމް މިއަދު ވިދާޅުވީ ކޯލިޝަނުގެ ސަރުކާރުން ދިވެހި މަސައްކަތްތެރިން ކުރާ މަސައްކަތަށް ޙައްޤު އުޖޫރަ އާއި އިނާޔަތްތައް ދޭނެ ކަމަށެވެ.

ފައިޞަލް ވިދާޅުވީ ޤައުމާއި މުޖުތަމައުގެ ކުރިއެރުން ބިނާވެގެންވަނީ ރައްޔިތުންނަށް ލިބޭ އާމްދަނީ އިތުރުވާ މިންވަރުގެ މައްޗަށް ކަމަށެވެ. އެހެންކަމުން ޤައުމާއި މުޖުތަމައު ކުރިއަރުވަން ބޭނުންނަމަ ފުރަތަމަ ކުރަންޖެހޭ ކަމަކީ ރައްޔިތުންނަށް ލިބޭ އާމްދަނީ އިތުރުކޮށްދިނުން ކަމަށެވެ.

ފައިޞަލް ވިދާޅުވީ ކޮންމެ މީހަކުވެސް މަސައްކަތްކުރާނީ ރަނގަޅު އާމްދަނީއެއް ލިބި ތަނަވަސް ދިރިއުޅުމެއް އުޅުމުގެ އުންމީދުގައި ކަމަށެވެ. އެ އުންމީދު ޙާޞިލު ނުކުރެވޭނަމަ ޤައުމުގެ އުފެއްދުންތެރިކަން ކުރިއަރައިގެން ނުދާނެ ކަމަށެވެ.

މަސައްކަތްތެރިން ކުރާ މަސައްކަތްތަކަށް ވީހައި ރަނގަޅު އަގެއް ނުވަތަ އުޖޫރައެއް ދިނުމަކީ އެއިރަކު ވެރިކަމުގައި އޮންނަ ސަރުކާރެއްގެ އެންމެ ބޮޑު މަސްއޫލިއްޔަތު ކަމަށް ވާންޖެހޭނެ ކަމަށްވެސް ފައިޞަލް ވިދާޅުވިއެވެ. "އެ މަސްއޫލިއްޔަތު އަޅުގަނޑުމެން ވަރަށް ފުރިހަމައަށް އަދާކުރާނަން."
މިއަދު އޮންލައިން