ޕީޕީއެމަށް ސޮއިކުރަން ކައުންސިލަރުންނަށް ފައިސާގެ ހަދިޔާ ހުށަހަޅަނީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
ޕީޕީއެމަށް ސޮއިކުރަން ކައުންސިލަރުންނަށް ފައިސާގެ ހަދިޔާ ހުށަހަޅަނީ
ރައީސް ޔާމީނު ރ އަތޮޅަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅުގެ ތެރެއިން ޕީޕީއެމަށް ސޮއިކުރަން ކައުންސިލަރުންނަށް ފައިސާގެ ހަދިޔާ ހުށަހަޅަމުން ގެންދާ ކަމުގެ މައުލޫމާތު ލިބިއްޖެއެވެ.

މިއަދުނޫހަށް މައުލޫމާތުދިން މީހަކު ބުނީ އޭނާގެ ކޮއްކޮ އަކީ ކައުންސިލަރެއް ކަމަށާއި ދަތުރުފުޅުގެ ތެރެއިން ޕީޕީއެމަށް ސޮއިކޮށްފިނަމަ 100،000 ރުފިޔާ ދިނުމަށް ކޮއްކޮއަށް ހުށަހަޅާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. "އަޅުގަނޑު ބުނިން ނުހިފާށޭ. ޙަރާމް ފައިސާ ބޭނުންކޮށްގެން ނުވާނޭ. ކޮއްކޮ ބުނީ ފައިސާ ދޭނެ ކަމަށް ބުނެ ހުށެހެޅީ ދާއިރާގެ މެންބަރު ކަމަށް."

"ކޮއްކޮއަށް ނުފޫޒު ފޯރުވައިގެން ސޮއިކުރުވި ނަމަވެސް ވޯޓެއްވެސް ނުލާނެ. ކޮއްކޮ ބުނެގެންވެސް ޕީޕީއެމަށް ވޯޓުލާނެ މީހަކު ރަށަކު ނެތް. ދެން ކީއްކުރަން ޙަރާމް ފައިސާއެއްގަ ހިފަންވީ؟" އޭނާ ބުނެފައިވެއެވެ.

ގުޅިފައިވާ ކޯލިޝަނުން ރ. އަތޮޅަށް ކުރި ދަތުރުގައި ބައެއް ކައުންސިލަރުންނާއި ކައުންސިލްތަކުގެ ރައީސުން ވަނީ އެމްޑީޕީއަށް ސޮއިކޮށްފައެވެ.

މިއަދު އޮންލައިން