ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމްގެ އަނބިކަނބަލުން އަދި އެޕާޓީގެ ކައުންސިލް މެމްބަރު އާއިޝަތު ނަހުލާ (އައިޝާ) ގެ ގެއަށް ބަޔަކު ކަލޫތެޔޮ ޖަހައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ކެތި ނަމަކަށް ކިޔާ، ހއ. ހޯރަފުށީގައި ހުންނަ އައިޝާގެ ގެއަށް ބަޔަކު ކަޅުތެޔޮ ޖަހާފައިވަނީ ރޭ 22:30 ހާއިރުއެވެ.
އާންމުގޮތެއްގައި އެގެއަކީ ފަޅުކޮށް ހުންނަ ގެއެއް ނަމަވެސް، އެގެއަށް ކަޅުތެޔޮ ޖަހާފައިވަނީ އޭނާގެ އާއިލާގެ ބަޔަކު ގޮސް އުޅެނިކޮށް ކަމަށް ވެސް އެނގިފައިވެއެވެ.
އައިޝާގެ ގޭގެ ދޮރަށާއި ފާރަށް ކަޅުތެޔޮ ޖަހާފައިވާއިރު، އެކަމާއި ކަންބޮޑުވުން ފާޅުކުރައްވާ ޖުމްހޫރީ ޕާޓީގެ ސްޕޯކްސްޕަރސަން އަލީ ސޯލިޙު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެފަދަ ގޮތަކަށް ޖަހާ ކަޅުތެލަކުން ޤާސިމް އިބްރާހިމްގެ އަނބިކަނބަލުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ގުޑުވާ ނުލެވޭނެ ކަމަށެވެ.