ރައީސް މައުމޫން ހުށަހެޅުއްވީ ރިޔާސީ ނިޒާމެއް ބޭއްވުމަށް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 42ސ
ރައީސް މައުމޫން ހުށަހެޅުއްވީ ރިޔާސީ ނިޒާމެއް ބޭއްވުމަށް
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ރިޔާސީ ނިޒާމެއްގެ ގޮތުގައި ބާއްވާ އެނިޒާމު ހަރުދަނާ ކުރުމަށް ގިނަ ކަންތައްތަކެއް، ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް މެނިފެސްޓޯގެ ސިފައިގައި ހުށަހަޅުއްވައިފިއެވެ.

މައުމޫން ރިފޯމް މޫވްމެންޓު ގެ ނަމުގައި ހަދާފައިވާ ވެބްސައިޓުގައި އާއްމު ކޮށްފައިވާ ރައީސް މައުމޫން މެނިފެސްޓޯ ގައި މައިގަނޑު 16 ކަމަކަށް އަލި އަޅުވާލާފައިވެއެވެ. ރައްޔިތުންގެ މަޖިލީހުގެ މަތިގެއާއި ތިރިގެ އެކުލަވާލުމަށް ރައީސް މައުމޫން ހުށަހަޅުއްވާފައިވަނީ ރިޔާސީ ނިޒާމު ހަރުދަނާ ކުރުމަށް ހުށަހަޅުއްވާފައިވާ ކަންކަމުގެ ތެރޭގައެވެ.

މީގެއިތުރުން ބައިކެމެރަލް މަޖިލީހަކަށް މަޖިލިސް ބަދަލުކޮށް ސެނެޓަށް އައްޔަނު ކުރަން ރައީސް މައުމޫން ހުށަހަޅުއްވާފައިވަނީ ޤައުމީ ހިދުމަތުގައި ދެމިތިބެ އެކި ދާއިރާތަކުން ތަޖުރިބާ ލިބިފައިވާ ފަންނީ ބޭފުޅުންނެވެ. އަދި މަޖިލީހުގެ ޤާނޫނުތަކާއި ޤަވާއިދުތައް އިސްލާހު ކުރުމަށް ވެސް ރައީސް މައުމޫން ހުށަހަޅުއްވާފައިވެއެވެ.
މިއަދު އޮންލައިން