ސްވާމީގެ ޓްވީޓާ ގުޅިގެން ސަރުކާރުން ކަންބޮޑުވާ ސަބަބާމެދު ސްވާމީ ސުވާލު އުފައްދައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
ސްވާމީގެ ޓްވީޓާ ގުޅިގެން ސަރުކާރުން ކަންބޮޑުވާ ސަބަބާމެދު ސްވާމީ ސުވާލު އުފައްދައިފި
ސުބްރަމާނިއަމް ސްވާމީ ކުރި ޓްވީޓާ ގުޅިގެން ސަރުކާރުން ކަންބޮޑުވާ ސަބަބާމެދު ސްވާމީ ސުވާލު އުފައްދައިފިއެވެ.

"ރިޔާސީ އިންތިޚާބުގައި މަކަރު ހަދައި އޮޅުވާލައިފިނަމަ އިންޑިއާއިން ރާއްޖެ ހިފަން ޖެހޭނެ ކަމަށް ބުނީމަ ރާއްޖޭގެ މިހާރުގެ ސަރުކާރުން ކަންބޮޑުވަނީ ކީއްވެ؟ ރާއްޖޭގައި ތިބި އިންޑިއާ ރައްޔިތުން މިހާރުވެސް ތިބީ ބައިނަލްއަޤްވާމީ މިންގަނޑުތަކުން ބޭރުން ކަންކަންކަން ކުރާތީ ބިރުން. އަހަރެމެންގެ ރައްޔިތުން ސަލާމަތްކުރަންޖެހޭ."

ސްވާމީ މިމޭރުމުން ބުނެފައިވާއިރު ސްވާމީގެ ޓްވީޓާއި ގުޅިގެން ރާއްޖޭގެ ސަރުކާރުގެ އިތުރުން އިދިކޮޅު ޕާޓީތަކުންނާއި އިދިކޮޅު ރިޔާސީ ކެންޑިޑޭޓުންނާއި ގިނަ ބައަކު ދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ. ބުނަމުން ގެންދަނީ އިންތިޚާބުގެ ކަންކަން ކޮންމެ ގޮތަކަށް ދިއަ ނަމަވެސް ރާއްޖެ އަޅުވެތިކުރުމާއި ދެކޮޅު ކަމަށެވެ.


މިއަދު އޮންލައިން