ވޯޓަރސް ލިސްޓް ލީކުވެފައި އޮވެދާނެ: އިލެކްޝަންސް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
ވޯޓަރސް ލިސްޓް ލީކުވެފައި އޮވެދާނެ: އިލެކްޝަންސް
ރިޔާސީ އިންތިޚާބުގެ ވޯޓަރސް ލިސްޓް ނުވަތަ ރީރަޖިސްޓަރ ކުރަން ހުށަހެޅި ފޯމުތަކުގެ މައުލޫމާތު ލީކުވެފައި އޮވެދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް މިއަދު ވިދާޅުވީ މައުލޫމާތު ލީކްވުމަކީ މައްސަލައެއް ކަމަށާއި އެކަމާއި ގުޅުންހުރި މީހުންގެ ބަޔާންތައް މިހާރު ދަނީ ނަގަމުން ކަމަށެވެ.

ޝަރީފް ވިދާޅުވީ ލީކުވި މައުލޫމާތު ބޭނުންކޮށްގެން ފޯނުކޯލު ކުރި ނަމަވެސް އެކޯލުގެ ސަބަބުން ވޯޓު އޮޅިގެން ނުދާނެ ކަމަށެވެ. ނުވަތަ ވޯޓުގެ ނަތީޖާއަށް ބަދަލެއް ނުއަންނާނެ ކަމަށެވެ.

އިދިކޮޅު ފަރާތްތަކުން ބުނެފައިވަނީ ވޯޓަރސް ލިސްޓާއި ރީޖަޖިސްޓްރޭޝަނަށް ހުށަހެޅި ފޯމްތަކުގެ ހުރިހާ މައުލޫމާތުތަކެއް ރައީސް ޔާމީނުގެ އޮފީހަށް ލިބިފައިވާ ކަމަށާއި އެއޮފީހުން ގިނަ ބައަކާއި ގުޅައި ވާހަކަދައްކަމުން ގެންދާ ކަމަށެވެ. އެހެންކަމުން ވަކި ކެންޑިޑޭޓަކަށް މިފަދަ މައުލޫމާތު ލިބުމަކީ ހިންގާފައިވާ ވަރަށް ބޮޑު ޖަރީމާއެއް ކަމަށެވެ.

ޝަރީފް ވިދާޅުވީ ވޯޓަރސް ރަޖިސްޓްރީ މިއަދު އިއުލާނުކޮށްފައިވާނެ ކަމަށާއި ކޮންމެ މީހަކުވެސް އެ ލިސްޓް ޗެކުކޮށް އެއްވެސް މައްސަލައެއް އޮތް ނަމަ މައްސަލަ ހުށަހެޅުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
މިއަދު އޮންލައިން