އަންތަރީހުން އަންތަރީސްވެ، ސަރުކާރުން ދީން ހިމާޔަތްކުރާ ގޮތާއިމެދު ތަޒްމީލް ސުވާލުތަކެއް އުފައްދަވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
އަންތަރީހުން އަންތަރީސްވެ، ސަރުކާރުން ދީން ހިމާޔަތްކުރާ ގޮތާއިމެދު ތަޒްމީލް ސުވާލުތަކެއް އުފައްދަވައިފި
ރާއްޖޭގައި ސަރުކާރުން އިސްލާމް ދީން ހިމާޔަތްކުރާ ގޮތާއިމެދު ތަޒްމީލް ސުވާލުތަކެއް އުފައްދަވައިފިއެވެ.

މިލަންދޫގައި މިރޭ ބޭއްވި ޖަލްސާގައި ވިދާޅުވީ އިހަވަންދޫގައި ޕީޕީއެމުން ބޭއްވި ޖަލްސާއެއްގައި އިމާމަކު ޤްރްއާން ކިޔެވުމުން މާލެ އަންނަން ޖެއްސުވި ކަމަށާއި ރާއްޖޭގައި ހުރި އެންމެ ބޮޑު މިސްކިތް ކަމަށްވާ މަސްޖިދު މުޙައްމަދު ތަކުރުފާނުލްއަޢްޒަމްގެ އިސް އިމާމް ނުކުމެވަޑައިގެން ފައުޅުގައި ޔާމީނަށް ތާއީދުކުރައްވައި ކެންޕޭނު ކުރެއްވުމުން އެއްވެސް މައްސަލައެއް ނެތް ކަމަށެވެ.

ތަޒްމީލް ވިދާޅުވީ އިސްލާމް ދީން ހިމާޔަތްކޮށް އަދުލުވެރިކަމާއިއެކު ކަންކަން ކުރާ ކަމަށްބުނެ ރައީސް ޔާމީނުގެ ސަރުކާރަށް ޢާންމުންގެ ކުރިމަތީގައި ދެއްކޭނެ އެއްވެސް ވާހަކައެއް ނެތް ކަމަށާއި ދައްކަން ޖެހޭނީ ދޮގު ވާހަކަތައް ކަމަށެވެ.

ތަޒްމީލް ވިދާޅުވީ ދުނިޔޭގައި މިހައިތަނަށް ކަނޑުއަޑީގައި އެޅި ބުދު ފައްޅި ރާއްޖޭގައި އެޅުވުންވެސް ވެފައިވަނީ އިސްލާމް ދީން މަތިވެރިކުރަން ކުރި ކަމަކަށް ކަމަށެވެ. ބުދުކޯލު ހަދާފައިވަނީ ށ. އަތޮޅުގެ ރަށެއްގައިކަން ފާހަގަކޮށް ބުދުކޯލު މިހާރުން މިހާރަށް ނަގަންވެސް މިރޭގެ ޖަލްސާގައި ސަރުކާރަށް ގޮވާލައިފައެވެ.

ތަޒްމީލް މިމޭރުމުން ވިދާޅުވެފައިވާއިރު ބުދުކޯލުގެ މައްސަލައިގައި އައްޝައިޚް ޢަލީ ޒައިދު މިއަދުވެސް ވަނީ ކަންބޮޑުވުން ފައުޅުކުރައްވައިފައެވެ.

"މޫދު އަޑީ ބެހެއްޓި ބުދު ކޯލު ނަގައިފިބާ؟ ބުދު ނުބަހައްޓަން މިހަނދާންކޮށްދެނީ، ހަނދާންކޮށްދިނުމަކީ މިއުންމަތަށް ފައިދާވާ ކައެއް ކަމުގައި ކީރިތި ޤްރްއާނުގައިވާތީ." ޝައިޚް ޢަލީ ޒައިދު




މިއަދު އޮންލައިން