ދަނޑުވެރިކަމާބެހޭވަޒީރު، ޚާރިޖިއްޔާ ހިންގާނަމަ ދަނޑުވެރިންނަށް ހަމައަގެއް ނުލިބޭނެ: ފައިޞަލް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 45ސ
ދަނޑުވެރިކަމާބެހޭވަޒީރު، ޚާރިޖިއްޔާ ހިންގާނަމަ ދަނޑުވެރިންނަށް ހަމައަގެއް ނުލިބޭނެ: ފައިޞަލް
ދަނޑުވެރިކަމާބެހޭވަޒީރު، ޚާރިޖިއްޔާ ހިންގާނަމަ ދަނޑުވެރިންނަށް ހަމައަގު ނުލިބޭނެ ކަމަށް ރަނިންމޭޓް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ށ. ފީވަކުގައި ވާހަކަފުޅު ދައްކަވަމުން ފައިޞަލް ވިދާޅުވީ ކޯލިޝަނުގެ ސަރުކާރުގައި ދަނޑުވެރިކަމާއިބެހޭ ވަޒީރުގެ މަސައްކަތަށް ވާނީ ދަނޑުވެރިންނަށް ރަނގަޅު ގޮތްތައް ހޯދައިދިނުމާއި ދަނޑުވެރިންގެ އުފެއްދުންތަކަށް ރަނގަޅު އަގު ހޯދައި ދިނުމާއި ދަނޑުވެރިކަން ކުރިއެރުވުން ކަމަށެވެ.

ފައިޞަލް ވިދާޅުވީ ފީވަކަކީ ވެސް ދަނޑުވެރި ރަށެއް ކަމަށާއި އުފެއްދުންތަކަށް ރަނގަޅު އަގު ލިބެން ފެށުމުން ލިބޭ އާމްދަނީ އިތުރުވެ ރަށުގެ މުއްސަނދިކަން އިތުރުވެގެންދާނެ ކަމަށެވެ.

ފީވަކުގައިވެސް ފައިޞަލް ވިދާޅުވީ ރައްޔިތުންގެ ގިނަ ހައްޤުތަކެއް މިހާރުވަނީ ގެއްލިފައި ކަމަށާއި އެކަން ދިވެހި ރައްޔިތުންނަށް ވަރަށް ރަނގަޅަށް އެނގޭ ކަމަށެވެ. އެހެންކަމުން ކޯލިޝަނުގެ ސަރުކާރުން ކުރާ އެންމެ ފުރަތަމަ މަސައްކަތަށް ވެގެންދާނީ ރައްޔިތުންގެ ގެއްލިފައިވާ ޙައްޤުތައް ހޯދައިދިނުން ކަމަށެވެ.
މިއަދު އޮންލައިން