ދޮގު ހެދުމާ އަނިޔާވެރިކަން އިންތިހާއަށް ދިއުމުން ރައްޔިތުންނަށް ލިބޭނެ އުފަލެއް ނޯންނާނެ: ފައިޞަލް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 56ސ
ދޮގު ހެދުމާ އަނިޔާވެރިކަން އިންތިހާއަށް ދިއުމުން ރައްޔިތުންނަށް ލިބޭނެ އުފަލެއް ނޯންނާނެ: ފައިޞަލް
ޤައުމުގައި ސަރުކާރުގެ ދޮގުހެދުމާއި އަނިޔާވެރިކަން އިންތިހާއަށް ދިއުމުން ރައްޔިތުންގެ ހިތްތަކަށް ލިބޭނެ އެއްވެސް އުފަލެއް ނުއޮންނާނެ ކަމަށާއި ރައްޔިތުންގެ ހިތްތަކަށް އުފާވެރިކަން ލިބޭނީ ރައްޔިތުންގެ ހައްޤުތަކަށް ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއިއެކުގައި ސަރުކާރުން އަމަލުކޮށްގެން ކަމަށް ރަނިންމޭޓް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ށ. ފޯކައިދޫގައި ވާހަކަފުޅު ދައްކަވަމުން ފައިޞަލް މިއަދު ވިދާޅުވީ ކޯލިޝަނުގެ ސަރުކާރުން ބްރިޖް އަޅާނީ ރައްޔިތުންގެ ހިތްތަކަށް ކަމަށާއި އެކަން ކުރާނީ ރައްޔިތުންގެ ބޭނުންތައް ފުއްދައިދީގެން ކަމަށެވެ.

ފައިޞަލް ވިދާޅުވީ ޤައުމާއި އިސްލާމް ދީނުގެ ޙައްޤުގައި އިޚްލާޞްތެރިކަމާއިއެކު ޙައްޤު ބަސް ބުނުމުން ވެސް މިސަރުކާރުން ގެންދަނީ އަނިޔާވެރިވަމުން ކަމަށެވެ. އެގޮތުން ޝައިޚް އިމްރާން، ޤައުމާއި ރައްޔިތުންގެ ޙައްޤުގައި އަދި އިސްލާމް ދީނުގެ ދިފާޢުގައި ޙައްޤު ބަސް ވިދާޅުވުމުން ހައްޔަރުކޮށް ކުރަމުން ގެންދާ އަނިޔާތައް ފައިޞަލް ވަނީ ފާހަގަކުރައްވައިފައެވެ.

ފައިޞަލް ވަނީ ޝައިޚް އިމްރާން ދެއްކެވި ވާހަކަފުޅުތަކުން ޙައްޤު ނޫން ވާހަކަފުޅަކީ ކޮބައިކަން ބަޔާންކުރުމަށް ސަރުކާރަށް ގޮވާލައްވައިފައެވެ.
ީ
މިއަދު އޮންލައިން