ބައިކް މޯލްޑިވްސް އާއި ހައުސިން މިނިސްޓްރީ ގުޅިގެން ސިނަމާލޭ ބްރިޖުގައި ހާއްސަ ބައިސްކަލު ބުރެއް ބޭއްވުމަށް ނިންމައިފިއެވެ.
އާންމުންނަށް ހުޅުވާލައިގެން ދުޅަހެޔޮ ސިއްހަތު ޕްރޮމޯޓު ކުރުމުގެ މަގުސަދުގައި ބާއްވާ މިބައިސްކަލު ބުރު އޮންނާނީ އަންނަ މަހުގެ އެއްވަނަ ދުވަހުގެ ހެނދުނު 6:00 އިން 9:00 އަށެވެ.
މި ބައިސްކަލު ބުރުުގެ ހުރިހާ ބައިވެރިން އެދުވަހުގެ ފަތިހު 5:45 އަށް ބްރިޖު ސަރަހައްދަށް އެއްވާނެ ކަމަށް ބައިކް މޯލްޑިވްސްގެ ސީއީއޯ އަހުމަދު ހަސަން ދީދީ ވަނީ ވިދާޅުވެފައެވެ.
މިހަރަކާތުގައި ކޮންމެ މީހަކަށް ވެސް އެމީހެއްގެ ބައިސްކަލު ގެނެވޭނެ ކަމަށާއި، ބައިސްކަލު ނެތް ފަރާތްތަކަށް، ހުޅުމާލޭގައި ހުންނަ "ސިޓީ ރައިޑް" ފިހާރައިން ބައިސްކަލު ކުއްޔަށް ނެގޭނެއެވެ.
ބައިސްކަލު ބުރުުގައި ގާތްގަނޑަކަށް 300 އެއްހާ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު މިހަރަކާތުގައި ހަމައެކަނި ދުއްވާނީ ބައިސްކަލެވެ.