ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ސަރުކާރުން ހިންގާ "ހިޔާ" މަޝްރޫއަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ސެޕްޓެމްބަރ މަހުގެ 30 ގެ ނިޔަލަށް އިތުރު ކޮށްފިއެވެ.
މިއަކަމާއި ގުޅޭގޮތުން ހައުސިން މިނިސްޓަރ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ ސެޕްޓެމްބަރ މަހުގެ ނިޔަލަށް މުއްދަތު އިތުރުކުރީ ގިނަ އަދަދެއްގެ ބަޔަކު އެކަމަށް އެދެމުންދާތީ ގިނަ ބަޔަކަށް ފުރުސަތު ދިނުމަށް ކަމަށެވެ.
ހައުސިން މިނިސްޓްރީން ބުނި ގޮތުގައި 12 ކެޓަގަރީ އަކަށް ބަހާލައިގެން ދިނުމަށް ހަމަޖެހިފައިވާ އެފްލެޓުތަކަށް ކުރިމަތިލުމަށް ބައި ލައްކައެއްހާ މީހުން ފޯމު ނަގާފައިވެއެވެ.
އެގޮތުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާ 7000 ފްލެޓު ދޭން ނިންމާފައިވަނީ:
• ސިވިލް ސަރވިސް މުވައްޒަފުންނަށް 1000 ފްލެޓާއި
• 18 އަހަރާއި 40 އަހަރާއި ދެމެދުގެ ކައިވެނި ކޮށްގެން އުޅޭ މީހުންނަށް 1000 ފްލެޓާއި
• ދަފްތަރުގައި ނުހިމެނޭ މާލޭ ރަށްވެހިންނަށް 1000 ފްލެޓާއި
• ދަފްތަރުގައި ރެޖިސްޓްރީ ވެފައިވާ ފަރާތްތަކަށް 1044 ފްލެޓާއި
• ޑޮކްޓާރުންނާއޮ ނަރުހުންނަށް 625 ފްލެޓާއި
• އެކަނިވެރި މައިންނާއި ބަފައިންނަށް 500 ފްލެޓާއި
• ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް 200 ފްލެޓާއި
• ފުލުހުންނާއި ސިފައިންނަށް 600 ފްލެޓާއި
• ގުޅީފަޅުން ފައިސާ ދައްކާ ފްލެޓް ނުލިބުނު ފަރާތްތަކާއި ޓާޓާ ފްލެޓަށް ފައިސާ ނުދެއްކުން ފަރާތްތަކަށް 300 ފްލެޓު، އަދި
• މާފަންނު ހުޅަނގުގައި ނިކަމެތިކޮށް ދިރިއުޅޭ ފަރާތްތަކަށް 256 ފްލެޓު ކަމަށް ހައުސިން މިނިސްޓްރީން ބުނެފައިވެއެވެ.