ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ ރިޔާސީ އިންތިޚާބުގެ ވޯޓު ޅުވާނުލުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އެދިވަޑައިގެންފިއެވެ.
ރ. ހުޅުދުއްފާރުގައި މިއަދު ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ ތަފާތު ވޯޓު ގޮތަކަށް ލާން ވިސްނާނެ ކަމެއް ނެތްކަމަށާޢި އޮޅުވާލަން ވިސްނާނެ ކަމެއް ނެތްކަމަށެވެ.
''ވޯޓަކީ ވޯޓުލީމަ، ނަތީޖާ އަޅުގަނޑުމެންނާ އެނބުރި ބައްދަލު ކުރަން އަންނާނެ، އެ ދުވަހު ނުކޮށްފި ނަމަ، ތިން އަހަރު ފަހުން އަންނާނެ. ތިން އަހަރު ފަހުން ބައްދަލުވާ އިރު، އިންތިހާބު ކުރާ މީހާ ގެއަށް ވެސް ދާ ތަން އަޅުގަނޑުމެންނަށް ފެނިފައި އެބަހުރި،" ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ އަންނަ މަހު ނަގާ ވޯޓަކީ މާތް ﷲގެ މަގުގައި ދޭ ވޯޓަކަށް ހެދުމަށް ކަމަށެވެ. އަދި އެއީ ގައުމިއްޔަތު ހިމާޔަތް ކުރުމަށާއި ދިވެހި އުސޫލުތަކާއި އަނިޔާވެރިކަން ފިލުވައިލަން ދޭ ވޯޓަކަށް ހަދަން ޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.