ކޯލިޝަންގެ ހަތަރު ލީޑަރުން ގުރުބާން ވަމުން އަންނަނީ ގައުމުގެ ހައްގުގައި: ފައިސަލް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 59ސ
ކޯލިޝަންގެ ހަތަރު ލީޑަރުން ގުރުބާން ވަމުން އަންނަނީ ގައުމުގެ ހައްގުގައި: ފައިސަލް
އިދިކޮޅު ކޯލިޝަންގެ ޕާޓީތަކުގެ ހަތަރު ލީޑަރުންވެސް ގުރުބާން ވަމުން އަންނަނީ ގައުމުގެ ހައްގުގައި ކަމަށް ކޯލިޝަންގެ ރަނިންމޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ފައިސަލް މިހެންވިދާޅުވީ ގުޅިފައިވާ އިއްތިހާދެއްގެ ތެރޭގައި ހަމަނުޖެހުން ބޮޑުވެ ވެރިކަން ނުކުރެވޭނެ ކަމަށް ޕީޕީއެމުން ބުނަމުން ގެންދާތީ އެކަމަށް ރައްދުދިނުމުގެ ގޮތުންނެވެ.

ށ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުގެ ތެރެއިން ށ.ފީވަކުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ ހަތަރު ލީޑަރުން ގުރުބާން ވަމުން އަންނަނީ ގައުމުގެ ހައްގުގައި ކަމަށާއި އިދިކޮޅު ޕާޓީތަކުން ވެރިކަން ހޯދައި ރައްޔިތުންގެ ބޭނުންތައް ފުއްދައި ދޭނީ ގުޅިގެން ކުރާ މަސައްކަތުން ކަމަށެވެ.

"ތިޔަ ބޭފުޅުން އަޑު ނާއްސަވާތި ގުޅިގެން ކަންކަން ނުކުރެވޭނޭ ބުނާ ވާހަކަ. އަޑުގަނޑުމެނަށް އަޑު އެބައިވޭ. އެއީ ލަދުވެތި ވާހަކަ. ގުޅިގެން ކަމެއް ނުުރެވޭނެއޭ ގުޅިގެން ކާމިޔާބު ނުހޯދޭނެއޭ، އެއްވެސް ގޮތަކަށް އަޑު ނާއްސަވާތި،" ފައިސަލް ވިދާޅުވި އެވެ

އިސްލާމް ދީންވެސް އަންގަވާފައި ވަނީ ހެޔޮ ކަންކަން ކުރަން އެންމެން ގުޅިގެން މަސައްކަތް ކުރުމަށާއި ވަކިވެ ނުގަތުމަށް ކަމަށް ފައިސަލް ވިދާޅުވިއެވެ.
މިއަދު އޮންލައިން