އިންޑިއާ އިން ގެނެސްފައިވާ ހެލިކޮޕްޓަރު ބެހެއްޓުމުގެ މުއްދަތު އިތުރުކުރަނީ

ކިޔުމަށް ހޭދަވާނީ 58ސ
އިންޑިއާ އިން ގެނެސްފައިވާ ހެލިކޮޕްޓަރު ބެހެއްޓުމުގެ މުއްދަތު އިތުރުކުރަނީ
އިންޑިއާ އިން ގެނެސްފައިވާ ދެ ހެލިކޮޕްޓަރު އަދި އިތުރު ދެތިން މަސް ވަންދެން ރާއްޖޭގައި ބޭއްވުމަށް ދެ ގައުމުންވެސް އެއްބަސް ވެފައިވާ ކަމަށް ޓައިމްސް އޮފް އިންޑިއާ ނޫހުގައި ބުނެފިއެވެ.

ޓައިމްސް އޮފް އިންޑިއާގައި އިންޑިއާ ސަރުކާރުގެ އިސް އޮފިޝަލަކާ ހަވާލާދީ ބުނެފައި ވަނީ، ރާއްޖޭގައި ބޭނުންކުރުމަށް ގެނެސްފައިވާ ދެ ހެލިކޮޕްޓަރާއި އެ އުޅަނދުތައް އޮޕަރޭޓް ކުރުމަށް އިންޑިއާއިން ފޮނުވާފައި ތިބި 48 ސިފައިން ވެސް މަޑުކުރާނެ ކަމަށެވެ.
މަޝްވަރާތަށް "ވަރަށް ރަނގަޅަށް" ކުރިއަށް ދާކަމަށް އެ އޮފިޝަލު ވިދާޅުވެފައި ވެއެވެ. އަދި އެ ހެލިކޮޕްޓަރުތައް ރާއްޖޭގައި ބާއްވާ މުއްދަތު ދެތިން މަހަށް ވުރެއް އިތުރު ވެދާނެކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖެއިން އިންޑިއާގެ ސަފީރަކަށް ކަނޑައަޅާފައިވާ އަހުމަދު މުހަންމަދު މި މަހު ކުރީކޮޅު ރޮއިޓާސް އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައި ވަނީ ހެލިކޮޕްޓަރުތައް ރާއްޖެއިން ފޮނިވާލުމަށް ބޭނުންވެފައި ވާކަމަށާއި މިހާރު އޭގެ ބޭނުން ކެންޑިފައި ވާކަމަށެވެ.

ނަމަވެސް ހެލިކޮޕްޓަރުތަށް އަނބުރާ ދިނުމުގެ މައްސަލައާ ގުޅިގެން އިންޑިއާއި ދިވެހި ސަރުކާރުން މިކަމާ ބެހޭގޮތުން އަދި ރަސްމީ ބަހެއްބުނެފައެއް ނުވެއެވެ.
މިއަދު އޮންލައިން