މާމެންދޫއިން ޒަމާނުންސުރެ އަދާކުރާ މެހްމާންދާރީއަށް ޑރ. ޝަހީމް ތައުރީފް ކުރައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
މާމެންދޫއިން ޒަމާނުންސުރެ އަދާކުރާ މެހްމާންދާރީއަށް ޑރ. ޝަހީމް ތައުރީފް ކުރައްވައިފި
ހައްދުންމަތި މާމެންދޫ އިން އެރަށަށް ޒިޔާރަތްކުރާ މެހްމާނުންނަށް އަދާކުރަމުން އަންނަ މެހްމާން ދާރީއަށް ރަނިންމޭޓް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ތައުރީފް ކުރައްވައިފިއެވެ.

މާމެންދޫގައި ވާހަކަފުޅު ދައްކަވަމުން ޑރ. ޝަހީމް މިއަދު ވިދާޅުވީ އެމަނިކުފާނުގެ އުމުރުފުޅުން 10 އަހަރުގައި ބައްޕާފުޅާއިއެކު މާމެންދޫއަށް ޒިޔާރަތްކުރެއްވި ކަމަށެވެ. އެ ދަތުރުފޅުުގައިވެސް ވަރަށް ފުރިހަމަ މެހްމާންދާރީއެއް ބައްޕާފުުގެ ރަޙްމަތްތެރިން އަދާކުރިކަމަށާއި އެކަމުގެ ހަނދުމަފުޅު މިހާރުވެސް ވަރަށް ރަނގަޅަށް އެބަހުރި ކަމަށެވެ.

އެދުވަސްވަރު ހުވަދު އަތޮޅުން މާލެއަށް ކުރާ ދަތުރުތަކުގައި މާމެންދޫ ބަނދަރު ބޭނުންކުރަނީ "މަޑުކޮށްލާ" ބަނދަރެއްގެ ގޮތުގައިކަންވެސް ޑރ. ޝަހީމް ވަނީ ފާހަގަކުރައްވައިފައެވެ.

ޑރ. ޝަހީމް ވިދާޅުވީ މިއަދު އެރަށަށް ވަޑައިގަތުމުން ވެސް އެފަދަ ޚާއްޞަ ކަމެއް ފެނިވަޑައިގެންނެވި ކަމަށާއި އެއީ ކުޑަކުދިންގެ ކިބައިން ފެނިވަޑައިގެންނެވި އެކުވެރިކަން ކަމަށެވެ. "އެއީ ތިއަ ބޭފުޅުންގެ މާހައުލުގައި އޮތް އެކުވެރިކަމެއް. އެކަމަށްޓަކައި އުފާކޮށް މަރުޙަބާ ކިޔަން."

ޑރ. ޝަހީމް މިރޭ ވަނީ ޕީޕީއެމްގެ އޮފީހެއް މާމެންދޫގައި ހުޅުއްވައި ދެއްވައިފައެވެ.

ޑރ. ޝަހީމް ވިދާޅުވީ ރާއްޖޭގެ ހުރިހާ އަތޮޅުތަކުންވެސް ރައީސް ޔާމީނަށް އަޣްލަބިއްޔަތު އަރުވާނެ ކަމަށާއި ހައްދުންމަަތިން އަޣްލަބިއްޔަތު ލިބިވަޑައިގަތުމުން އިންތިޚާބު ކާމިޔާބު ކުރެއްވޭނެ ކަމަށް ކަމަށެވެ.
މިއަދު އޮންލައިން