ލަންކާގައި އުޅޭ ދިވެހިން މާލޭގެ ދަފުތަރުގައި ޖެހުމަށް ފަސޭހަ ގޮތްތަކެއް ހަމަޖައްސަނީ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 35ސ
ލަންކާގައި އުޅޭ ދިވެހިން މާލޭގެ ދަފުތަރުގައި ޖެހުމަށް ފަސޭހަ ގޮތްތަކެއް ހަމަޖައްސަނީ
އަވަށްޓެރި ސްރީ ލަންކާގައި އުޅޭ ދިވެހިން މާލޭގެ ދަފުތަރުގައި ޖެހުމަށް، ފަސޭހަ ގޮތްތަކެއް ހަމަޖައްސަމުން އަންނަ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

ހައުސިން މިނިސްޓްރީގެ ނައިބު އިބްރާހިމް ނަޒީމް މިއަދު ވިދާޅުވީ ގިނަ ބައެއްގެ އެދުމުގެ މަތިން ލަންކާގައި އުޅޭ ދިވެހިން އެ ގައުމުގައި ތިބެގެން މާލޭގެ ދަފުތަރުގައި ރަޖިސްޓްރީ ވުމަށް ފޯމު ހުށަހެޅޭނެ އިންތިޒާމްތަކެއް ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީއާ ގުޅިގެން މިހާރު ހަމަޖައްސަމުން އަންނަ ކަމަށެވެ.

މާލޭގެ ދަފުތަރުގައި ޖެހުމަށް، މިދިޔަ ޖުލައި މަހުން ފެށިގެން މިހާތަނަށް 1،800 އަށް ވުރެ ގިނަ މީހުން ފޯމު ހުށަހަޅާފަައިވެއެވެ.
މިއަދު އޮންލައިން