ވޯޓު ފޮށި ކައިރީގައި ބަހައްޓާ ވޯޓާސް ލިސްޓާ މެދު ކަނބޮޑުވުން ފާޅުކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 59ސ
ވޯޓު ފޮށި ކައިރީގައި ބަހައްޓާ ވޯޓާސް ލިސްޓާ މެދު ކަނބޮޑުވުން ފާޅުކޮށްފި
އަންނަ މަހުގެ 23ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވޯޓު ލާ ފޮށިތައް ކައިރީގައި ބަހައްޓަން ނިންމާފައިވާ ވޯޓާސް ލިސްޓާ މެދު އިދިކޮޅުފަރާތްތަކުން ކަނބޮޑުވުން ފާޅުކޮށްފިއެވެ.

އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ތަރުޖަމާނު މައްޗަންގޯޅި ދެކުނު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ، އިލެކްޝަނުން ވޯޓު ލާ މަރުކަޒުތަކުގައި ބަހައްޓަން ނިންމާފައިވާ ލިސްޓަކީ ފުރިހަމަ ލިސްޓަކަށް ނުވާނެ ކަމަށާއި އެއީ މީގެ 45 ދުވަސް ކުރިން އާއްމުކުރި ލިސްޓެއް ކަމަށެވެ.

މާރިޔާ ވިދާޅުވީ ''އިލެކްޝަނުން މިހާރު ބުނަނީ 45 ދުވަސް ކުރިން ނެރުނު ލިސްޓު ކަމަށް އޮބްޒާވަރުންނަށް ފެންނަ ގޮތަށް އިންނާނީ. އޭގެ މާނައަކީ އިލެކްޝަންސް ކޮމިޝަނުން ޝަކުވާ ބަލައިގެން 172 މީހުންގެ ނަން އުނިވެފައި އޮތް ލިސްޓެކޭ އެތާ އެ އޮންނަނީ.މި ލިސްޓު ފުރިހަމަ ލިސްޓަކަށް ނުވާނެ. މިއީ އަޅުގަނޑުމެން ކަންބޮޑުވާ ކަމެއް،" ކަމަށެވެ.

އެންމެ ފުރަތަމަ އާއްމުކުރި ވޯޓާސް ލިސްޓުގައި 172 މީހުންގެ ނަމެއް ނެތްކަން މާރިޔާ ވަނީ ފާހަގަކުރައްވާފައެވެ.
މިއަދު އޮންލައިން