މިއަދު ހެންދުނު ސްޓެލްކޯގެ އިސްވެރިން ބައިވެރި ވަޑައިގެންނެވި ރަސްމިއްޔާތުގައި ދެ އިމާރާތުގެ ކޮންކްރީޓް މަސައްކަތް ފަށާފައި ވެއެވެ.
މި އަހަރުގެ ފެބްރުއަރީ މަހުއެދެ ޓަވަރުގެ މަސައްކަތް ހަވާލު ކޮށްފައިވަނީ ޗައިނާގެ ރޯޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކޯ ލިމިޓެޑާއިއެވެ. މި ދެ އިމާރާތުގައި އެއް ކޮޓަރީގެ އެޕާޓްމެންޓާއި ދެ ކޮޓަރީގެ އެޕާޓްމެންޓް އަދި ތިން ކޮޓަރީގެ އެޕާޓްމެންޓް ހިމެނެއެވެ.
އެ ޓަވަރުތައް އިމާރާތް ކުރުމަށް އެ ކުންފުންޏަށް 540 މިލިއަން ރުފިޔާ ހަވާލު ކުރެވިފައިވެއެވެ. 18 މަސް ދުވަސް ތެރޭގައި ދެ ޓަވަރުގެ މަސައްކަތް ނިންމާނެ ކަމަށް ޗައިނާގެ އެ ކުންފުނިން ބުނެފައިވާ ކަމަށް މީގެ ކުރިން ސްޓެލްކޯއިން ވަނީ ބުނެފައެވެ.
STELCO hiyaa project concrete foundation ceremony @zuhoorahmed10 @ahmdaiman11
— STELCO (@STELCOMALDIVES) August 28, 2018
Indeed a historic day for STELCO. #28.08.2018 pic.twitter.com/NPOCmoUs2Z