ސްވިޓްޒަލެންޑްގެ މަޝްހޫރު މޫވެންޕިކް ކުންފުނިން ނ. ކުރެދިވަރުގައި ތަރައްގީކުރަމުން އަންނަ ރިސޯޓް ނިންމައި އަންނަ ނޮވެމްބަރ މަހު ހުޅުވާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
ޖުމްލަ 105 ކޮޓަރި ހިމެނޭ އެ ރިސޯޓުގައި 72 ޕޫލް ވިލާ އާއި 33 ބީޗް ޕޫލް ސުއިޓް ހިމެނޭކަމަށް އެ ކުންފުނިން ބުންޏެވެ. މޫވެންޕިކް ރިސޯޓް އެންޑް ސްޕާ ކުރެދިވަރު މޯލްޑިވްސްގެ ނަމުގައި ތަރައްގީ ކުރުމަށް މި ކުންފުންޏާ ހަވާލު ކުރީ 2017 ވަނަ އަހަރުގެ އޭޕްރިލް މަހުގައި އެވެ.
މި ރިސޯޓް ފަރުމާ ކޮށްފައިވަނީ ޕޮލެންޑްގެ މަޝްހޫރު އާކިޓެކްޗަރ ކުންފުންޏެއް ކަމަށްވާ މޯޓިވްސް އިން ކަމަށާއި ރިސޯޓް ތަރައްގީ ކުރެވުނީ ރާއްޖޭގެ ސަގާފަތާއި ގުދުރަތައް ބަލައިގެން ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
މީގެ އިތުރުން މޫވެންޕިކުން ބުނެފައިވަނީ އެރިސޯޓު ފަރުމާ ކުރުމުގެ ތެރޭގައި ކުރެދިވަރުގެ ގުދުރަތީ ކަންކަމަށް ގެއްލުމެއްވިޔަ ނުދީ މަސައްކަތް ކާމިޔާބު ކަމާއެކުފުރިހަމަ ކޮށްފައިވާނެ ކަމަށެވެ.