ޑރ. އިޔާޒުގެ ސުވާލުތަކެއް ޑރ. މުޢިއްޒުއަށް - ނިވާކަން ކުޑަ ޝޯ ބޭއްވުމާ ވައްކަމަށް ހިއްވަރު ދިނުމާ އިސްލާމް ދީނާ ހުރީ ކޮންގުޅުމެއްތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
ޑރ. އިޔާޒުގެ ސުވާލުތަކެއް ޑރ. މުޢިއްޒުއަށް - ނިވާކަން ކުޑަ ޝޯ ބޭއްވުމާ ވައްކަމަށް ހިއްވަރު ދިނުމާ އިސްލާމް ދީނާ ހުރީ ކޮންގުޅުމެއްތޯ؟
"އައު އަހަރު ފާހަގަކުރަން ބާއްވާ ނިވާކަން ކުޑަ ޝޯ އާ އަނިޔާވެރިކަން، ވައްކަން ކުރުމަށް ހިއްވަރު ލިބޭ ގޮތަށް ވާހަކަ ދެއްކުން، ކޮރަޕްްޝަން.... މިކަންތައްތަކާ އިސްލާމް ދީނާ ހުރީ ކޮންގުޅުމެއްތޯ؟" ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ސުވާލު ކުރައްވައިފިއެވެ.

ޑރ. އިޔާޟް މިފަދަ ސުވާލުތަކެއް ކުރެއްވެވީ "އިދިކޮޅަށް ވެރިކަން ދީފި ނަމަ ދިވެހި ބިމުން އިސްލާމް ދީން ފޮހެވޭނެ ކަމަށް ހައުސިންގ މިނިސްޓަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވުމުން އެކަމަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.

ޑރ. އިޔާޟް މިމޭރުމުން ވިދާޅުވެފައިވާއިރު މޫދު އަޑީގައި ދުނިޔޭގައި ފުރަތަމަ ބުދުކޯލު 30 އަށްވުރެ ގިނަ ބުދުތަކާއިއެކު ރާއްޖޭގެ ރަށެއްގައި ބަހައްޓައި އެކަމުގެ ޞައްޙަ މައުލޫމާތު އޮޅުވާލަމުން ގެންދާތީ ވެސް ދީނީ ޢިލްމުވެރިން ގެންދަވަނީ ކަންބޮޑުވުން ފައުޅު ކުރައްވަމުންނެވެ.
މިއަދު އޮންލައިން