ނަރުންގެ މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލުތަކާ މެދު ކަންބޮޑުވުން ފާޅު ކުރަން ފަށައިފި

ކިޔުމަށް ހޭދަވާނީ 1މ 10ސ
ނަރުންގެ މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލުތަކާ މެދު ކަންބޮޑުވުން ފާޅު ކުރަން ފަށައިފި
ސަރުކާރުގެ ސިއްހީ މަރުކަޒުތަކުގައި މަސައްކަތްކުރާ ނަރުހުންނަށް މުސާރަ ދިނުމުގެ އޮނިގަނޑަށް ގެނައި ބަދަލެއްގެ ސަބަބުން ކުރިއަށް ވުރެ ކުޑަކޮށް މުސާރަ ލިބޭ ކަމަށް ބުނެ ނަރުހުން ކަންބޮޑުވުންތައް ފާޅުކުރަން ފަށައިފި އެވެ.

ނަރުހުންގެ ވަޒީފާގެ އޮނިގަނޑުގައި ނުހިމެނޭ ކަންތައްކެއް ހިމަނައިގެން މުސާރަ 15 އިންސައްތަ ބޮޑުކޮށްފައި ވާކަމަށް ހެލްތް މިނިސްޓްރީ މިމަހުގެ 19 ދުވަހު ނެރުނު ބަޔާނެއްގައި ވެއެވެ.

ނަމަވެސް މިނިސްޓްރީން މުސާރަ ބޮޑުކުރި ކަމަށް ބުނި ކަމުގައި ވިޔަސް މުސާރަ ކުރިއަށް ވުރެ ކުޑަ ކަމަށް ނަރުހަކު ބުންޏެވެ. އެގޮތުން އަސާސީ މުސާރައިގެ ގޮތުގައި 15 އިންސައްތަ އިތުރުކޮށްފައި ބައެއް އެލަވެންސްތައް ކަނޑާލާފައިވާކަމަށް އޭނާ ބުންޏެވެ.

އޭގެ އިތުރުން އެ ނަރުސް ބުނީ، ކުރިން ރަސްމީ ގަޑީގެ ގޮތުގައި ހަގަޑިއިރުގެ މަސައްކަތް ކުރުމަށްފަހުއެއަށްވުރެ އިތުރު ގަޑިތަކުގެ ކުރާ މަސައްކަތް ބަލަނީ އޯވާޓައިމް ގެ ގޮތުގައި ކަމަށެވެ. ނަމަވެސް މިހާރު އޯވާޓައިމްގެ ގޮތުގައި ބަލަނީ އަށް ގަޑިއިރަށްވުރެ އިތުރަށް ކުރާ މަސައްކަތެވެ.

ނަރުހުންގެ މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލިތަކާއި ގުޅިގެން ހެލްތް މިނިސްޓްރީން ބުނީ، ސްޕެޝަލައިޒް ނަރުހުންގެ ޚިދުމަތް ތައާރަފް ކުރެވޭނެކަމަށެވެ. އަދި ނަރުހުންގެ މަސައްކަތުގެ ފެންވަރާއި ތައުލީމަށް ބެލުމަށްފަހު ކޮންމެ ދެ އަހަރަކުން ޕްރޮމޯޝަން ދިނުމަށް ނިންމާފައި ވާކަމަށް އެ މިނިސްޓްރީން ނެރުނު ބަޔާނުގައި ވެއެވެ.
މިއަދު އޮންލައިން