ޔޫސުފް އަލައިޙިއްސަލާމް ޖަލުގައި އޮންނަވަން ޖެހި ވަޑައިގަތީ ކޮންގޮތަކަށް އުޅުއްވީމަތޯ؟- ގާޒީ ބާރީ

ކިޔުމަށް ހޭދަވާނީ 1މ 42ސ
ޔޫސުފް އަލައިޙިއްސަލާމް ޖަލުގައި އޮންނަވަން ޖެހި ވަޑައިގަތީ ކޮންގޮތަކަށް އުޅުއްވީމަތޯ؟- ގާޒީ ބާރީ
މާތް ﷲ ފޮނުއްވެވި ނަބީންގެ ތެރެއިން، ސަލާމްލެއްވި ޔޫސުފް އަލައިޙިއްސަލާމް ޖަލުގައި އޮންނަވަން ޖެހި ވަޑައިގަތީ އެކަލޭގެފާނު ކޮންގޮތަކަށް އުޅުއްވީމަތޯ ސާފުކޮށްދެއްވަން، ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުލްބާރީ ޔޫސުފް، ރައީ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ރަނިންމޭޓް ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު އަރިހުން ސުވާލު ކުރައްވައިފިއެވެ.

ޑރ. ޝަހީމާއި ގާޒީ ބާރީ މިސުވާލު ކުރެއްވީ، "ޖަލަށް ދާން ޖެހެނީ މީހާ އުޅޭ ގޮތުން" ކަމަށް ވިދާޅުވެ އިއްޔެ ދެއްކެވި ވާހަކަތަކަށް ބިނާ ކޮށެވެ.

ރައީސް ޔާމީން ދެވަނަ ދައުރަކަށް އިންތިހާބު ކުރުމަށް އަތޮޅުތެރޭގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުތަކުގެ ތެރެއިން ލ. މަވަށަށް އިއްޔެ ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލު ކުރައްވާ ވާހަކަދައްކަވަމުން ޑރ. ޝަހީމް ވިދާޅުވީ ކުށެއް ނުކުރާ މީހަކު ޖަލަށްދާން ނުޖެހޭނެ ކަމަށާއި ޖަލަށް ދާން އެޖެހެނީ އެމީހާ އުޅޭ އޮތުން ކަމަށެވެ.

ޑރ. ޝަހީމްގެ އެވާހަކަތަކާއި ގުޅިގެން ގާޒީ ބާރީ، އެމަނިކުފާނުގެ ފޭސްބުކް އެކައުންޓުގައި ސުވާލު ކުރައްވާފައިވަނީ، ޔޫސުފް އަލައިހިއްސަލާމް އެހާ ގިނަ ދުވަހު ޖަލުގައި އޮންނަވަން ޖެހިވަޑައިގަތީ ކޮންގޮތަކަށް އުޅުއްވީމާތޯއެވެ؟

ޑރ. ޝަހީމްގެ އެވާހަކަތަކަށް ގާޒީ ބާރީގެ އިތުރުން މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު ޢިޔާޛް އަބްދުއްލަތީފް ވެސް ވަނީ ރައްދު ދެއްވާފައެވެ. ޖަލަށްލެވޭ ކޮންމެ މީހަކީ ކުށެއް ކޮށްގެން ޖަލަށްލެވޭ މީހެއްކަމަށް ބުނާނަމަ، ނަބިއްޔާ ޔޫސުފްގެފާނު ޖަލަށްލެވުނު ސަބަބު ދިރާސާ ކޮށްލެއްވުން ރަނގަޅު ކަމަށައި އޭގެ އިތުރުން ބައެއް ސަޙާބީންނާއި ތާބިޢީން އަދި އިބްނު ތަޢިމިއްޔާ ފަދަ ޢިލްމުވެރިން ވެސް ޖަލަށް ވަދެވަޑައި ގަންނަވަން ޖެހުނީ ކީއްވެގެންތޯ ޑރ. ޢިޔާޛް ސުވާލު ކުރައްވާފައިވެއެވެ.



މިއަދު އޮންލައިން