124 މައްސަލައެއް ދެވަނަ ކުއާޓާގައި ރަޖިސްޓާ ކޮށްފި: އޭސީސީ

ކިޔުމަށް ހޭދަވާނީ 1މ 12ސ
124 މައްސަލައެއް ދެވަނަ ކުއާޓާގައި ރަޖިސްޓާ ކޮށްފި: އޭސީސީ
124 މައްސަލަ މި އަހަރުގެ ދެވަނަ ކުއާޓާގައި ރަޖިސްޓާ ކޮށްފައިވާކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.

އެ ކޮމިޝަނުން މިއަދު އާންމު ކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 2018 ވަނަ އަހަރު ފުރަތަމަ ހަމަސް ތެރޭގައި 404 މައްސަލަ ވަނީ ރައްޖިސްޓްރީ ކޮއްފައެވެ. އޭގެ ތެރެއިން 124 މައްސަލަ އަކީ ދެވަނަވަ ކުއާޓަރ ތެރޭގައި ރަޖިސްޓްރީ ކުރެވިފައިވާ މައްސަލަތަކެވެ. 2017 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާރ ގައި 152 މައްސަލަ ރަޖިސްޓްރީ ކޮށްފައި ވެއެވެ.

2018 ވަނަ އަހަރުގެ ދެވަނަ ކުއާޓާރ ގައި އޭސީސީއިން ރަޖިސްޓްރީ ކޮށްފައިވާ މައްސަލަތައް އެ އިދާރާއިން ދިރާސާ ކުރުމަށް ފަހު، ތަހުގީގު ކުރުމަށް ނިންމާފައި ވަނީ 110 މައްސަލައެވެ. މިދިޔަ އަހަރުގައި އެ މުއްދަތުގައި ތަހުގީގު ކުރަން ނިނަމާފައި ވަނީ 99 މައްސަލައެވެ.

ހުޝަހަޅާ މައްސަލަ ތަކުގެ ތެރެއިން އެ ކޮމިޝަންގެ މެންޑޭޓަށް ނުފެތޭ ކަމުގައި ވާނަމަ އެ މެންޑެޓެއް އޮތް އިދާރާއަކަށް އެ ކޮމިޝަނުން ދަނީ ފޮނުވަމުންނެވެ. އެގޮތުން މިއަހަރުގެ ދެ ވަނަ ކުއާޓާރ ގެ ތެރޭގައި އައް މައްސަލައެއް ދައުލަތުގެ ކަމާ ބެހޭ އިދާރާތަކަށް ފޮނުވާފަި ވާއިރު، 2017 ވަނަ އަހަރުގައި ވަނީ ހަ މައްސަލަފޮނުވާފައެވެ.

އޭގެއިތުރުން މިއަހަރުގެ ދެވަނަ ކުއާޓާގައި ހުޝަހެޅި މައްސަލަ ތަކުގެ ތެރެއިން 16 މައްސަލައެއް މެންޑޭޓަށް ނުފެތޭތީއާއި އެކަށީގެން ވަރަށް މައުލޫމާތު ލިބިފައި މެތުމުން ނުބަލާ ދޫކޮށްލާފައި ވެއެވެ. 2017 ވަނަ އަހަރުގެ އެ މުއްދަތުތެރޭގައި 26 މައްސަލަ ދޫކޮށްލާފައި ވެއެވެ.
މިއަދު އޮންލައިން