މާލޭގައި މާރާމާރީއެއް ހިންގައި ތޫނު އެއްޗަކުން ހަމަލާދީ ތިން މީހަކު ޒަހަމްކޮށްލައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 27ސ
މާލޭގައި މާރާމާރީއެއް ހިންގައި ތޫނު އެއްޗަކުން ހަމަލާދީ ތިން މީހަކު ޒަހަމްކޮށްލައިފި
މާލޭގައި މާރާމާރީއެއް ހިންގައި ތޫނު އެއްޗަކުން ހަމަލާދީ ތިން މީހަކު ޒަހަމްކޮށްލައިފިއެވެ.

މި މާރާމާރީ ހުންގާފައިވަނީ ފަންނު ސަހަރާ ކައިރީގައެވެ.

މިކަމާގުޅިގެން ފުލުހުން ބުނެފައިވަނީ މާފަންނު ސަހަރާ ކައިރީގައި، ތޫނު އެއްޗަކުން ހަމަލާދީގެން 9:10 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މި ހަމަލާގައި ތިން މީހަކަށް ޒަހަމްވި އިރު އެމީހުން މިހާރު ވަނީ އައިޖީއެމްއެޗަށް ގެންގޮސްފަ އެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ވެސް މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު ޒަހަމްކޮށްލާފައި ވެ އެވެ.
މިއަދު އޮންލައިން