މިއީ ފަޟީލަތުއްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް މިއަދު ކުރައްވަވާފައިވާ ޓްވީޓެކެވެ. ޓްވީޓްގައި މިކަމަށް ދަލީލު ދައްކަވައި ކީރިތި ޤްރްއާނުގެ 119 ވަނަ އާޔަތް ވަނީ ހިމަނުއްވައިފައެވެ. އެ އާޔަތުގެ މާނައަކި "އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ތިއަބައި މީހުން ﷲއަށް ތަޤްވާވެރިވާށެވެ! އަދި ތެދުވެރިންނާއިއެކު، ތިއަބައިމީހުން ވާށެވެ!"
މީގެ އިތުރުން ކުރެއްވި ޓްވީޓެއްގައި ޝައިޚް ޢަލީ ޒާހިރު ވިދާޅުވެފައިވަނީ "ބަހާއި އަމަލުގައި ތެދުވެރިވުމަކީ މުއުމިނުންގެ ކިބައިގައި ކޮންމެހެން ހުންނަން ޖެހޭ ސިފައެއް" ކަމަށެވެ.
އިތުރު ޓްވީޓެއްގައި "ތެދު ހެދުންމަތީ ހުންނަ މީހާ ތެދުވެރިއެއްގެ ގޮތުގަ، ﷲގެ ޙަޟްރަތުގައި ލިޔުއްވަވާނެ. އަދި އެމީހަކަށް ސުވަރުގެ ވަނުމަށް މަގުފަހިވާނެ." ކަމަށްވެސް ޝައިޚް ޢަލީ ޒާހިރު ވަނީ ވިދާޅުވެފައެވެ.
ޓްވީޓްތަކުގެ އިބާރާތްކޮޅު ކިތަންމެ ކުރު ނަމަވެސް ވަރަށް މާނަހުރި އަދި މިހާރު ރާއްޖޭގައި ކުރިއަށް ގެންދާ ބަހުސްތަކާއި ވަރަށް ގުޅުންހުރި ވާހަކޮޅެއްކަން ފާހަގަކުރެވެއެވެ.
Thedhuverinnaa ekugai vumah Allah alhugadumen nah vanee angavaafa eve.
— Ali Zahir bin Saeed (@alizahirsaeed) August 28, 2018
(يَاأَيُّهَا الَّذِينَ آمَنُواْ اتَّقُواْ اللّهَ وَكُونُواْ مَعَ الصَّادِقِين) [التوبة:119]#thedhuverikan #hafthaagetopic