މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ހިންގުން ވަގުތީ ގޮތުން އެޕާޓީގެ ޑެޕިއުޓީ ލީޑަރު އަލީ މައުރޫފާ ހަވާލުކޮށްފިއެވެ.
އެމްޑީއޭ އިން މިއަދު ބޭއްވި ކައުންސިލް ބައްދަލުވުމުގައި މައުރޫފާއި އެމްޑީއޭ ހިންގުން ހަވާލުކޮށްފައިވަނީ އެޕާޓީގެ ލީޑަރު މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް (ސަން ޓްރެވަލް ސިޔާމް) މިއަދު ހުށަހެޅުއްވި ގަރާރެއްގެ ދަށުންނެވެ. ގަރާރު ފާސްވީ ކައުންސިލް މެމްބަރުންގެ އިއްތިފާގުންނެވެ.
މަޝްހޫރު ވިޔަފާރިވެރިޔާ ސިޔާމް އެމްޑީއޭ ހިންގެވުމާ ދުރަށް ވަޑައިގަތީ ވިޔަފާރީގެ ކަންކަމުގައި ރާއްޖޭން ބޭރުގައި އުޅުއްވަން ޖެހިވަޑައިގަންނަވާތީ ކަމަށް މައުލޫމާތުލިބިފައިވެއެވެ.
އެމްޑީއޭ ހިންގުން މައުރޫފާހަވާލުކޮށްފައިވާއިރު ސަރުކާރުގެ ކޯލިޝަނުން އެމްޑީއޭ ވަކިވާން އުޅޭ ކަމުގެ އަޑުތަށް ދަނީފެތުރެމުންނެވެ. މިއަޑުތަށް ފެތުރެންފެށީ، މި އަހަރުގެ ރިޔާސީ އިންތިޚާބަށް ޕީޕީއެމުން މާލެ އާއި އަތޮޅުތަކުގައި މިހާރު ފަށާފައިވާ ކެމްޕޭނުގައި ސިޔާމް ނުފެންނާތީ އެވެ.
އެމްޑީއޭގެ ކައުންސިލް މެމްބަރު އަދި ބިލެއްދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު މުބީންގެ އަނބިކަނބަލުން އައިޝަތު މަމްދޫހާ ވަނީ އިބޫ އަށް ތާއީދު ކުރައްވާކަން އިއުލާން ކުރައްވާ އިބޫއަށް ކެމްޕެއިން ކުރައްވަން ވެސް ފައްޓަވާފަ އެވެ.