ސަރުކާރު އޮޑި ދަނީ ފެތެމުން ‍‍- އަމިއްލަ ނަފްސު ސަލާމަތްކުރާނެ ވަގުތު އަދިވެސް އެބައޮތް: ޑރ މުހައްމަދު ޖަމީލް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 20ސ
ސަރުކާރު އޮޑި ދަނީ ފެތެމުން ‍‍-  އަމިއްލަ ނަފްސު ސަލާމަތްކުރާނެ ވަގުތު އަދިވެސް އެބައޮތް: ޑރ މުހައްމަދު ޖަމީލް
މިސަރުކާރުގެ އޮޑި ދަނީ ފެތެމުންކަމަށާއި މުޅި ހަޔާތުގައި ހޯދި އެއްޗަކާއި އަމިއްލަ ނަފްސު ސަލާމަތްކުރާނެ ވަގުތު އަދިވެސް އެބައޮތްކަމަށް ވިދާޅުވެ ކުރީގެ ނާއިބް ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު ޝިޔާމް (ސަން ޓްރެވަލް ސިޔާމް) އަށްއިލްތިމާސް ކުރައްވައިފިއެވެ.

ޑރ.ޖަމީލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް ޔާމީން އެންމެން މޮޔަ ހެއްދިނަމަވެސް އީޔޫ އަދި ދުނިޔެއިން ދިވެހިންނަށް އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ކުރެވެންހުރި ހުރިހާކަމެއް ކުރާނެކަމަށާއި އަވަހަށް ސަލާމަތުގެ އައްސޭރިއަށް އެރުއްވުމަށެވެ.

ޑރ.ޖަމީލް މިހެންވިދާޅުވެފައިވާއިރު އެމްޑީއޭ ހިންގުން ވަގުތީ ގޮތުން އެޕާޓީގެ ޑެޕިއުޓީ ލީޑަރު އަލީ މައުރޫފާ ހަވާލުކޮށް ލީޑަރ ސިޔާމް ވަނީ ޕާޓީ ހިންގުމާ ދުރަށް ޖެހިވަޑައިގެންފައެވެ. އަދި ސަރުކާރުގެ ކޯލިޝަނުން އެމްޑީއޭ ވަކިވާން އުޅޭ ކަމުގެ އަޑުތަށް ދަނީފެތުރެމުންނެވެ. މިއަޑުތަށް ފެތުރެންފެށީ، މި އަހަރުގެ ރިޔާސީ އިންތިޚާބަށް ޕީޕީއެމުން މާލެ އާއި އަތޮޅުތަކުގައި މިހާރު ފަށާފައިވާ ކެމްޕޭނުގައި ސިޔާމް ނުފެންނާތީ އެވެ.

އެމްޑީއޭއިން ކުރިން ބުނެފައިވަނީ އެއްވެސް ޕާޓީއަކުން ކޯލިޝަން ހެދުމަށް ރަސްމީކޮށް އަދި ހުށައަޅާފައިނުވާކަމަށެވެ.

މިއަދު އޮންލައިން