އެމްޓީސީސީ ގެ މުވައްޒަފުންނަށް ފުރަތަމަ ފަހަރަށް "އެމްޕްލޮއީ ޑިސްކައުންޓް އޮފަރ" ތައާރަފް ކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 9ސ
އެމްޓީސީސީ ގެ މުވައްޒަފުންނަށް ފުރަތަމަ ފަހަރަށް "އެމްޕްލޮއީ ޑިސްކައުންޓް އޮފަރ" ތައާރަފް ކޮށްފި
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ ގެ މުވައްޒަފުންނަށް މިއަދު "އެމްޕްލޮއީ ޑިސްކައުންޓް އޮފަރ" ގެ ނަމުގައި ޑިސްކައުންޓް ޕްރޮގްރާމެއް ފަށައިފިއެވެ.

މިޕްރޮގްރާމް އިފްތިތާޙް ކުރުމުގެ ގޮތުން މިއަދު ހަވީރު ބޭއްވުނު ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން، އެމްޓީސީސީ ގެ ޖެނެރަލް މެނޭޖަރ އިބްރާހިމް ލަތީފް ވިދާޅުވީ އެކުންފުނީގެ ރެކްރިއޭޝަން ކްލަބް މެދުވެރިކޮށް އެކި ވައްތަރުގެ ސޯޝަލް ހަރަކާތްތަކާއި ކުޅިވަރުގެ ހަރަކާތްތަކުގެ އިތުރުން ފިޓްނަސްގެ ހަރަކާތްތައް ވެސް ކުރިއަށް ގެންދާ ކަމަށާއި އެގޮތުން މިއަދު އިއުލާނު ކުރެވުނު ޑިސްކައުންޓް އޮފަރ ޕްރޮގްރާމުން ވެސް މުވައްޒަފުންނަށް ދުޅަހެޔޮކަމާއި ވެލްފެއާރ އަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭނެ ޕްރޮގްރާމެއް ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

"މިއަދު މިއިފްތިތާހް ކުރެވޭ އެމްޕްލޮއީ ޑިސްކައުންޓް އޮފަރ ޕްރޮގްރާމް ތެރޭގައި ސައި ހޮޓާ ރެސްޓޯރަންޓުގެ އިތުރުން ޖިމްތަކާއި އެމްޓީސީސީ އިން ވިއްކާ މުދަލާއި ފޯރުކޮށްދޭ ޚިދުމަތްތަކުން ވެސް ޑިސްކައުންޓު ލިބިގެން ދާނެ" އިބްރާހިމް ލަތީފް ވިދާޅުވިއެވެ.

މިއީ މިފަދަ ފުރުސަތެއް އެމްޓީސީސީ ގެ މުވައްޒަފުންނަށް ފޯރުކޮށްދީފައިވާ ފުރަތަމަ ފަހަރެވެ.


މިއަދު އޮންލައިން