އާ ގަވަރުނަރުގެ ސޮޔާއެކު 10ރ. އާއި 100ރ. ގެ ނޫޓުތައް ހޯމަ ދުވަހު ބޭނުން ކުރަން ފަށަނީ

ކިޔުމަށް ހޭދަވާނީ 51ސ
އާ ގަވަރުނަރުގެ ސޮޔާއެކު 10ރ. އާއި 100ރ. ގެ ނޫޓުތައް ހޯމަ ދުވަހު ބޭނުން ކުރަން ފަށަނީ
"ރަން ދިހަ ފަހެއް" ސީރީޒަގައި ހިމެނޭ 10ރ. އާއި 100ރ. ނޫޓު، އާ ގަވަރުނަރު އަލީ ނަސީރުގެ ސޮޔާއެކު ޗާޕްކޮށްގެން އަންނަ ހޯމަ ދުވަހުން ފެށިގެން ބޭނުން ކުރަން ފަށަން ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނިންމައިފިއެވެ.

އެއޮތޯރިޓީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ސްޓޮކް މަދުވުމުގެ ސަބަބުން އަލުން ޗާޕުކުރި ފައިސާ މިދިޔަ ޖުލައި މަހުގެ ފަސް ވަނަ ދުވަހު ރާއްޖެ ގެނެސް ދައުލަތުގެ ޚަޒާނާގައި ރައްކާކޮށްފައިވާ ކަމަށާއި އެފައިސާތައް މިހާރު ދައުރުވަމުންދާ ފައިސާގެ ތެރެއަށް އަންނަ ހޯމަ ދުވަހު ނެރެން ހަމަޖައްސާފައިވާ ކަމަށެވެ.

މިހާރު ރާއްޖޭގައި ބޭނުން ކުރާ "ރަންދިހަ ފަހެއް" ނޫޓު ސީރީޒްގައި ހިމެނޭ 5 ރުފިޔާ، 10 ރުފިޔާ، 20 ރުފިޔާ، 50 ރުފިޔާ، 100 ރުފިޔާ، 500 ރުފިޔާ އަދި 1000 ރުފިޔާގެ ނޫޓުތަކުގައި ސޮއި ކުރައްވާފައިވަނީ ކުރީގެ ގަވަރުނަރު ޑރ. އަޒީމާ އާދަމް އެވެ. ނަމަވެސް އަލަށް ނެރޭ ނޫޓުތަކުގައި ސޮއި ކުރެއްވާފައިވަނީ މިދިޔަ އޯގަސްޓް މަހު ގަވަރުނަރަކަށް އައްޔަނު ކުރެއްވި ނަސީރެވެ.
މިއަދު އޮންލައިން