ނ. ވެލިދޫއަށް ރައީސް އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ރޭގައި ވަޑައިގެންނެވުމުގެ ކުރިންއެރަށުގެ ބަނދަރު ސަރަޙައްދަށް އެއްވި މީހުންތަކުގެ ތެރެއިން ޒުވާނަކު ރައީސް ޔާމީނަށްވަގަށް ގޮވިކަމަށް ބުނެ، އޭނާ ހައްޔަރު ކޮށްފިއެވެ.
ރައީސް ޔާމީނަށް ވަގަށް ގޮވިކަމަށް ބުނެ ވެލިދޫއިން ޒުވާން ފިރިހެނަކު ހައްޔަރު ކޮށްފައިވާއިރު، އެމީހާއާއެކު އިތުރު ދެމީހަކު ވެސް ހައްޔަރު ކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި އަންހެނަކުވެސް ހިމެނޭ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ވެލިދޫ އިން ހައްޔަރު ކުރި މީހުންނާއި ގުޅޭގޮތުން ފުލުހުން އަދި އެއްވެސް އެއްޗެސް ބުނެފައެއް ނުވެއެވެ.
ރައީސް ޔާމީން ވެލިދޫ އަށް ވަޑައިގެންވަނީ އެރަށުގައި ޤާއިމްކޮށްފައިވާ ނަރުދަމާގެ ޚިދުމަތް އިފްތިތާޙް ކޮށްދެއްވަައި، އެރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަ ކުރުމުގެ ރަސްމިއްޔާތުގައި ވެސް ބައިވެރިވެ ވަޑައިގެންފައެވެ.