1 މަސްދުވަހުގެތެރޭ 102 ފޮތް ކީ އަންހެނެއްގެ ވާހަކަ-
ޖަރުމަން ވިލާތުގެ ބަރލިންގައި ބިޒްނަސް ޑިވޮލޮޕްމަންޓް މެނޭޖަރެއްގެ ވަޒީފާ އަދާކުރާ އަންހެނެއް ކަމަށްވާ ތެރެސެ ބުނަނީ އޭނާ ފާއިތުވި އެއް މަސް ދުވަސްތެރޭ 102 ފޮތް ކިޔާފައިވާނެ ކަމަށެވެ. އަދި އޭނާ ގިނައިން ކިޔާފައިވާނީ ސައިކޮލޮޖީ އާއި ވިޔަފާރި އާއި އަދި ސިޔާސީ ޑާއިރާއިން ލިޔެފައިވާ ފޮތްތައް ކަމަށެވެ.
އޭނާ ބުނާ ގޮތުގައި ފޮތް ކިޔުމަށް އޭނާ ކުރިމަތިލީ ރައްޓެއްސަކާއި ބާޖުމަރައި 2 ގަޑިއިރުން ފޮތެއް ކިޔުމަށް އަޒުމް ކަނޑައަޅައިގެންނެވެ. ނަމަވެސް އެ ފޮތް އޭނާއަކަށް އެދުވަހަކު 2 ގަޑިއިރަކުން ނުކިޔުނެވެ. ނަމަވެސް އެކަމުން އޭނާއަށް ވަރަށް ބޮޑު ހިއްވަރެއް ލިބުނު ކަމަށެވެ.
އޭނާ ބުނާ ގޮތުން އޭނާ ފޮތްތައް ކިޔާފައިވާނީ އޮންލައިންކޮށެވެ. އޭނާ ޝައުޤުވެރިވާ ދާއިރާތަކުގެ ފޮތްތައް ހޯދުމަށްފަހު ޝައުޤުވެރިވާ ފަދަ ފޮތްތައް ފެނުމުން ކިޔަމުން ގެންދިއައީ ކަމަށެވެ. އަދި ގިނައިން ކިޔާފައި ވާނީ 20 ވަރަކަށް މިނިޓުން ކިޔައިލެވޭ ފޮތްތައް ކަމަށެވެ. "ބައެއް ފޮތްތައް ފެނުނު އަޑާއިއެކު. އެގޮތަށް ހުންނަ ފޮތްތައް ކިޔަން ވަރަށް ޝައުޤުވެރިވި އަދި ވަރަށް ފަސޭހަވެސްވި."
މިއީ މިއަދު ހަމަ ރާއްޖޭގައި ތިބެގެންވެސް ފަސޭހަކަމާއިއެކު ކުރެވެންހުރި ކަމެކެވެ. ދުވާލަކު އެންމެ ފޮތެއް އެމީހަކު ޝައުޤުވެރިވާ ދާއިރާއަކުން ކިޔަމުން ގެންދިއަ ނަމަވެސް މައުލޫމާތުގެ ގޮތުން ވަަރށް ބޮޑު މުއްސަނދިކަމެއް ލިބިގެންދާނެއެވެ.