ޞިއްޙަތަށް ނުރައްކާ ބޮޑުވުމުން އިލެކްޓްރޯނިކް ސިގިރެޓް ބޭނުންކުރުމާ ވިއްކުން މަނާކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 54ސ
ޞިއްޙަތަށް ނުރައްކާ ބޮޑުވުމުން އިލެކްޓްރޯނިކް ސިގިރެޓް ބޭނުންކުރުމާ ވިއްކުން މަނާކޮށްފި

ޞިއްޙަތަށް ކުރިމަތިވާނެ ނުރައްކާ ބޮޑުވުމުން އިލެކްޓްރޯނިކް ސިގިރެޓް ބޭނުންކުރުމާއި ވިއްކުން އިންޑިއާގައި މަނާކޮށްފި އެވެ. ހެލްތް މިނިސްޓްރީން ބުނީ އެބާވަތުގެ ސިގިރެޓުގެ ސަބަބުން ކުޑަކުދިންނާއި އަންހެނުން ސިގިރެޓަށް ދެވިހިފުން އިތުރުވުމުގެ ނުރައްކާ މާބޮޑު ކަމަށެވެ.

ގަލަމެއް ގޮތަށް ތައްޔާރުކޮށްފައިވާ މިބާވަތުގެ އިލެކްޓްރޯނިކް ސިގިރެޓް އުފައްދާ ފިލިޕް މޮރިސް ކުންފުނިން ބުނަނީ މިބާވަތުގެ ސިގިރެޓް ބޭނުންކުރުމުން އެއިގައި ހުންނަ ދުންފަތް އަނދައިގެން ނުދާނެ ކަމަށާއި ހަށިގަނޑަށް ނިކޮޓީންގެ އަސަރުކުރާ މިންވަރު ކުޑަވާނެ ކަމަށެވެ. މިހާރުވެސް ދުނިޔޭގައި އެންމެ ގިނަ އަދަދަކަށް ސިގެރެޓް އުފައްދާ ފިލިޕް މޮރިސް ކުންފުނިން ބުނެފައިވަނީ ކޮންމެވެސް ދުވަހަކުން އެކުންފުނިން ސިގިރެޓް އުފެއްދުން ހުއްޓައިލާނެ ކަމަށެވެ.

ޑަބްލިޔޫއެޗްއޯގެ ތަފާސް ހިސާބުތަކަށް ބަލާއިރު ދުންފަތުގެ ސަބަބުން ޖެހޭ ބަލިތަކުގައި އިންޑިއާގައި މިހާރުވެސް އަހަރަކު 900،000 މީހުން މަރުވެއެވެ. ދުންފަތުގެ އިސްތިއުމާލުކުރާ 106 މިލިއަން ބޮޑެތި މީހުން އެބަތިއްބެވެ. އެހެންކަމުން އިންޑިއާއަކީ 1 ވަނައިގައި އޮތް ޗައިނާ އާއި ޖެހިގެން 2 ވަނައަށް އޮތް ޤައުމެވެ.
މިއަދު އޮންލައިން