ޓީޗަރުންގެ ދުވަސް ފާހަގަކުރަން 41،556 އެސިސްޓެންޓް ޓީޗަރުންނަށް ވަޒީފާ ދެނީ
ސެޕްޓެމްބަރު 5 ވަނަ ދުވަހަކީ ޓީޗަރުންގެ ދުވަސްކަމަށްވާތީ ޓީޗަރުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އިންޑިއާގެ އުއްތަރުޕްރަދޭޝަގައި އެދުވަހު 41،556 އެސިސްޓެންޓް ޓީޗަރުންނަށް ވަޒީފާ ދިނުމަށް ނިންމައިފިއެވެ.
ސަރުކާރުން ބުނީ ހުރިހާ ކުދިންނަށް ހިލޭ ތައުލީމް ދިނުމަކީ ސަރުކާރުގެ އެންމެ ބޮޑު އެއް ބޭނުން ކަމަށާއި މިކަމުގެ ސަބަބުން ޓީޗަރުންގެ ދަތިކަން ކުރިމަތިވެ މިހާރު ހުއްޓުމަކަށް އައިސްފައިވާ ސްކޫލްތައް އަލުނވ ހުޅުވިގެންދާނެ ކަމަށެވެ.
ޓީޗަރުންގެ ދުވަސް އައުމުގެ ކުރިން ޔުނިފޯމާއި ފޮތްތައް ބޭނުންވާ ހުރިހާ ދަރިވަަރުންނަށް ހިލޭ އެތަކެތި ފޯރުކޮށްދިނުމަށްވެސް ވަނީ އަންގައިފައެވެ.