މިއާޔަތް މިހާ ސާފުއިރު''ވަގުންގެ ނިމުން ހިތިވާނެ - އިން ޝާ ﷲ'' ބުނުމުން ބަދު ދުޢާއަކަށް ވާނީ ކިހިނެއް؟'

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 54ސ
މިއާޔަތް މިހާ ސާފުއިރު''ވަގުންގެ ނިމުން ހިތިވާނެ - އިން ޝާ ﷲ'' ބުނުމުން ބަދު ދުޢާއަކަށް ވާނީ ކިހިނެއް؟'
"ކަލޭގެފާނު ވިދާޅުވާށެވެ! ތިއަބައިމީހުން، ﷲ ދެކެ ލޯބިވާކަމުގައި ވަނީ ނަމަ، ފަހެ، ތިއަ ބައިމީހުން، ތިމަން ކަލޭގެފާނަށް ތަބަޢަވާށެވެ! އެއިރުން ﷲ ތިއަބައިމީހުން ދެކެ ލޯބިވެވޮޑިގަންނަވާނެތެވެ. އަދި ތިއަބައި މީހުންނަށްޓަކައި، ތިއަ ބައިމީހުންގެ ފާފަތައް ފުއްސަވައިދެއްވަވާނެތެވެ. ﷲ ގިނަގިނައިން ފާފަ ފުއްސަވާ، ރަޙީމްވަންތަ ރަސްކަލާނގެއެވެ."(ކީރިތި ޤްރްއާން 32-3)

މިއީ ކީރިތި ޤްރްއާނުގެ ޢާލްއިމްރާން ސޫރަތުގެ 32 ވަނަ އާޔަތުގެ މާނައެވެ.

"މުޙައްމަދުގެފާނުގެ ދަރިކަނބަލުން ފާޠިމަތުގެފާނު ނަމަވެސް ވައްކަން ކުރައްވައިފިނަމަ އަތްޕުޅު ކަނޑުއްވަވާނެ" ކަމަށް ކައު އިތުރު ރަސޫލާ މުޙައްމަދު ރަސޫލު (ޞޢވ) ޙަދީޘްފުޅު ކުރެއްވެވި ކަމުގެ ވާހަކަ މިހާރަކަށް އައިސް ރާއްޖޭގައި ކިޔާ ހުކުރު ޚުޠުބާތަކުން އިވުން މަދުވެފައިވީނަމަވެސް ތަންކޮޅެއް ކުރިއަށް ބަލައިފިނަމަ މި ޙަދީޘްފުޅަކީ ވަރަށް ގިނައިން ހުކުރު ޚުޠުބާތަކުގައި ކިޔައި އުޅުނު ޙަދީޘްފުޅެކެވެ.

ނަމަވެސް ރޭ ޚަބަރުގައިވާ މި ފޮޓޯ ވައިބަރ ގްރޫޕަކަށް މީހަކު ލުމުން އިސްލާމިކް މިނިސްޓްރީގައި ވަޒީފާ އަދާކުރައްވަވާ ޝައިޚަކު ވިދާޅުވީ މީހުންގެ މައްޗަށް ބަދު ދުޢާކޮށް ލިޔުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ. އަދި އެފަދަ ވާހަކަތައް ލިޔާ ވައިބަރ ގްރޫޕެއްގައި ނުވެސް ހުންނަވާނެ ކަމަށެވެ.



ފޮޓޯގައި ދެން އެވަނީ ރާއްޖޭގެ ރިޒޯޓެއޝްގައި ބަހައްޓައިގެން އުޅޭ ބުދުތަކެވެ. މައްކާ ފަތަޙަ ކުރެއްވެވުމަށްފަހު ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) އެންމެ ފުރަތަމަ ކުރެއްވެވި އެއްކަމަކީ ޙަރަމްފުޅާއި މައްކާގައި ބަހައްޓާފައި ހުރި ބުދުތައް ތަޅުއްވަވައި ބުދުތަކުން ސަލާމަތް ކުރެއްވެވުމެވެ.



އެހެންކަމަށްވާއިރު ބުދު ބެހެއްޓުމަކީ މިއާޔަތުގައި "ތިއަބައިމީހުން، ﷲ ދެކެ ލޯބިވާކަމުގައި ވަނީ ނަމަ، ފަހެ، ތިއަ ބައިމީހުން، ތިމަން ކަލޭގެފާނަށް ތަބަޢަވާށެވެ!" މިއާޔަތުގައި ބަޔާން ކުރައްވަވާފައި އެވާ ބައަށް އަމަލުކުރުން ކަމުގައި ހެދިދާނެ އެއްވެސް ގޮތެއް ނެތްކަން ވަރަށް ރަނގަޅަށް އެނގި ސާބިތުވެއެވެ.

ބުދުތައް ތަޅައި ސުންނާފަތިކުރަން އިތުރު މާތް ނަބިއްޔާ (ޞޢވ) އަމުރުފުޅު ކުރެއްވެވުމުން އެއީ ވެރިކަމުގެ ފަރާތުން ކުރަން ޖެހޭ އަމުރެއްކަން ސާބިތު ނުވަނީބާވައެވެ! އެކަމަށް ދެއްކޭނެ އެއްވެސް ބަހަނާއެއް އޮންނާނެ ކަމަށް ޤަބޫލުކުރެވޭނީ ކޮންފަދައަކުންބާވައެވެ!

ޝައިޚްގެ ކޮމެންޓާއި ގުޅިގެން ބައެއް މީހުން ގިނަ ސުވާލުތަކެއް ކުރިމަތިކުރުވިއެވެ. އެއްވެސް ސުވާލަކަށް ޝައިޚް ޖަވާބު ދެއްވަވާފައެއް ނުވެއެވެ.
މިއަދު އޮންލައިން