މިރިއަންދޫގައި މެރިއޮޓް ކުންފުނިން ތަރައްގި ކުރަމުންދާ ރިސޯޓް މި އޮކްޓޯބަރ މަހުގައި ހުޅުވެނީ

ކިޔުމަށް ހޭދަވާނީ 1މ 14ސ
މިރިއަންދޫގައި މެރިއޮޓް ކުންފުނިން ތަރައްގި ކުރަމުންދާ ރިސޯޓް މި އޮކްޓޯބަރ މަހުގައި ހުޅުވެނީ
ބ. މިރިއަންދޫ ގައި މެރިއޮޓް އިންޓަނޭޝަނަލް ކުންފުނިން ތަރައްގީ ކުރަމުން އަންނަ ރިސޯޓް މި އޮކްޓޯބަރ މަހު ހުޅުވޭނެ ކަމަށް ބުނެފިއެވެ.

ދުނިޔޭގެ އެންމެ ބޮޑު ހޮސްޕިޓާލިޓީ ކުންފުންޏެއް ކަމަށްވާ މެރިއޮޓްގެ ދަށުން ކުރިއަށްދާ ވެސްޓިން ހޮޓެލްސް އެންޑް ރިސޯޓްސް އިން ތައްޔާރު ކުރަމުންދާ މި ރިސޯޓް ތަރައްގީ ކުރުމަށް އެންމެ އިސްކޮށް ހަރަކާތްތެރި ވެފައި ވަނީ ޖަޕާންގެ ބެލޫނާ ކުންފުންޏާއި، ސްރިލަންކާގެ އޭޝިއާ ކެޕިޓަލް ޕަބްލިކް ލިމިޓެޑް ކުންފުންޏެވެ.

މި ރިސޯޓްގައި ސްޕާ އަކާއި އިޓަލީ ކުންފުންޏެއް ފަރުމާ ކުރާ ވޯލްޑް ކްލާސް ފިޓްނެސް ސްޓޫޑިއޯ އަކާއި މުނި ފޫހި ފިލުވުމުގެ ގިނަ އަދަދެއްގެ ހަރަކާތްތަކެއް ހިމެނެއެވެ. އޭގެ އިތުރުން އެ ރިސޯޓަށް ދަތުރުކުރާ ފަތުރުވެރިންނަށް ދުނިޔޭގެ އެކި ހިސާބު ތަކުގެ ކާނާ ލިބޭ ތިން ރެސްޓޯރެންޓް އެއްވެސް ހުޅުވަން ނިންމާފައި ވެއެވެ.

ވެސްޓިން ހޮޓެލްސް އެންޑް ސްޕާ ރިސޯޓުގައި ހާއްސަ ރެސްޓޯރެންޓް ތަކުގެ އިތިރުން "ދަ ސަންސެޓް ބާ" ކިޔާ ހާެއްސަ ރޫފްޓޮޕް ބާއެއް ވެސް ވަނީ ފަރުމާ ކޮށްފައެވެ.

އޮކްޓޯބަރ މަހުގެ އެއްވަނަ ދުވަހުގައި ހުޅުވަން ނިންމާފައިވާ މި ރިސޯޓަކީ ދަރަވަންދޫ އެއާޕޯޓުން ފުރައިގެން 20 މިނެޓްގެ ސްޕީޑް ލޯންޗް ދަތުރެއްގައި ދެވޭ ރިސޯޓެކެވެ.
މިއަދު އޮންލައިން